ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 08:33
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
ރާއްޖެއެމްވީ
އައްޑޫ ގްރޫޕު މާރާމާރީ
އައްޑޫ ގްރޫޕު މާރާމާރީ: ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރުކޮށްފި
 
ފުލުހުންގެ ހާއްސަ ޓީމްތަކެއް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައި
 
ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައި
 
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހެއް

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީއަކީ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި 4 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި އަދި 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުންގެ ޓީމުތައް އައްޑޫ ސިޓީއަށް ވަނީ ފޮނުވާފައެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. ޒަހަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީ އާ ގުޅުންހުރި ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމަށެވެ.

މީގެއިތުރުން މިދުވަސްވަރު މާލެ ސިޓީގައިވެސް އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ނޮވެމްބަރ 29 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީ އާއި ޑިސެމްބަރ 1 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން