ކ. މާލެ
|
26 ޖުލައި 2017 | ބުދަ 21:54
ވެނެޒުއޭލާގެ އެކިކަންކޮޅުތަކުގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުން
ވެނެޒުއޭލާގެ އެކިކަންކޮޅުތަކުގައި ދަނީ ބޮޑެތި މުޒާހަރާތައް ކުރަމުން
ރޮއިޓަރސް
ވެނެޒުވޭލާ
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި
ގައުމުގެ ހަމަޖެހުން ގާއިމު ކުރެއްވުމަށްޓަކައި ގާނޫނު އަސާސީ އަލުން އެކުލަވާލަން ޖެހޭ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ  އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަން ރޭވި 48 ގަނޑިއިރުގެ މުޒާހަރާ  ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބުދަ ދުވަހާއި އަދ ބުރާސްފަތި ދުވަހު މުޅި ގައުމުގައި ކުރިއަށް ގެންދާ މުޒާހަރާ މިފަހަރު ކުރަމުން ދަނީ މަސައްކަތްތެރިން މެދުވެރިކޮށެވެެ. އެގޮތުން ވެނެޒުއޭލާގެ މަސައްކަތްތެރިން ވަނީ މަސައްކަތަށް ނިކުންނަން ދެކޮޅު ހަދާފައެވެ.

އިންތިހާއަށް ފާޑުކިޔުން އޮތަސް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ގެންދަވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމަށްޓަކައި އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަވަމުންނެވެ.  އެގޮތުން ގާނޫނު ހަދާ މަޖިލިހަށް މެމްބަރުން އިންތިޚާބު  ކުރުން އާދީއްތަ ދުވަހު އޮންނާނެއެވެ. އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ އާ ގާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރުމަށް ރައީސް މަޑޫރޯ މަސައްކަތްޕުޅު ކުރައްްވަމުން ގެންދަވަނީ ބާރުތައް މުށުތެރެއަށް އިތުރަށް ލެއްވުމަށް ކަމަށެވެ.

ރައީސް މަޑޫރޯ ވިދާޅުވަމުން ގެންދަވަނީ ގައުމުގެ ހަމަޖެހުން ގާއިމު ކުރައްވައި އަދި ދައުލަތުގެ ވުޒާރާތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމު ކުރުމަށްޓަކައި އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ. 

ދާދިފަހުން ވެނެޒުއޭލާގައި އިދިކޮޅު ފަރާތްތަކުން ވަނީ އަލުން ގާނޫނު އަސާސީ އެކުލަވާލުމާއި ދެކޮޅަށް ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. އެ މުޒާހަރާގައި މިލިއަނުން މީހުން ނިކުތް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

 ވެނެޒުއޭލާގެ ރައީސް ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި ގައުމުގެ ބޮޑެތި ކަންކަމުގައި ގޮތް ނިންމަން ފައްޓަވައިފައިވާއިރު ކަމާބެހޭ މާހިރުން ވިދާޅުވަމުން ގެންދަވަނީ މިހާރު އޮތް ގާނޫނު އަސާސީއަށް ބަލާއިރު ގާނޫނު އަސާސީ އަލުން އެކުލަވާލާ މަޖިލީހެއް އިންތިޚާބު ކުރާ ނަމަ ރައީސް މަޑޫރޯ، އެކަމާ މެދު އާންމުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލަން ޖެހޭ ކަމަށެވެ. 

ވެނެޒުއޭލާގެ މަސްރަހު ވަނީ ވަރަށް ހަަލަބޮލިވެފައެެވެ. ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން މަޑޫރޯއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ ތިން މަސް ވެއްޖެއެވެ. އަދި ސަރުކާރުގެ ތެރެއިން ވެސް މަޑޫރޯއާ ދެކޮަޅަށް ދެކޮޅުވެރިކަން ވަނީ ފާޅުވެގެން ގޮސްފައެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް