ކ. މާލެ
|
3 ޑިސެންބަރ 2023 | އާދީއްތަ 00:12
ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު
ރާއްޖޭގެ ލައިބާ އަދި ލައިބާގެ ޕެއާ ޕާޓްނަރު
ޓްވީޓަރ
ލި-ނިން މެޑްވޯޑް ކަޕް 2023
ރާއްޖޭގެ ލައިބާ: ސްލޮވޭނިއާ މުބާރާތުގެ ސިންގަލްސް ސެމީ ފައިނަލަށް
މި މެޗުތައް ކުޅުމަށް ހަމަޖެހިފަައި ވަނީ އާދީއްތަ ދުވަހު

‎ސްލޮވޭނިއާގައި ކުރިއަށްދާ، ލި-ނިން މެޑްވޯޑް ކަޕްގެ 13 އަހަރުން ދަށުގެ ސިންގަލްސް ސެމީ ފައިނަލް އަދި 13 އަހަރުން ދަށުގެ ޑަބަލްސްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ޖާގަ ހޯދައިފި އެވެ.

ސްލޮވޭނިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން އަދި ޔޫރަޕްގެ މައި ބެޑްމިންޓަން އިދާރާ "ބެޑްމިންޓަން ޔޫރަޕް" އިން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސްގެ ސެމީ ފައިނަލްގައި ލައިބާ ނިކުންނާނީ އޮސްޓްރިއާގެ 11 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ، ޒާން ޕިއާއާ ދެކޮޅަށެވެ. އަދި 13 އަހަރުން ދަށުގެ ޑަބަލްސްގެ ކުއާޓާ ފައިނަލްގައި ނިކުންނާނީ ކްރޮއޭޝިއާގެ ކޮވިޗް ޖެލެނާ އަދި ސްލޮވޭނިއާގެ މިލިވޮޖެވިޗް ޓެއޮޑޮރާގެ ޕެއާއާ ދެކޮޅަށެވެ. ލައިބާގެ ޕެއާ ޕާޓްނަރަކީ ސްލޮވޭނިއާގެ މުސްތަފިކް އިލްހާނާ އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފަައި ވަނީ އާދީއްތަ ދުވަހު އެވެ.

ހޮނިހިރު ދުވަހު ލައިބާ ސެމީ ފައިނަލަށް ދަތުރުކުރީ ސްލޮވީނިއާގެ ތިން ވަނަ އަށް ރޭންކު ކުރެވިފައިވާ ކުޅުންތެރިޔާ، ލެގީސާ ޕިއާ 21-9 އަދި 21-10 އިން ބަލި ކުރުމަށްފަހު އެވެ.

‎މީގެ ކުރިން ލައިބާ ވަނީ ބައިނަލްއަޤުވާމީ އެކި މުބާރާތްތަކުގައި ވާދަކޮށް، މެޑަލް ވެސް ހޯދައިފަ އެވެ. އެގޮތުން އިޓަލީގައި ކުރިއަށް ދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން ޔޫތު މުބާރާތުގައި ވާދަކޮށް ދެ ލޯ މެޑަލް ހޯދި އެވެ. ކްރޮއޭޝިއާގައި ކުރިއަށް ދިޔަ އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރިހި މެޑަލް ހޯދި އެވެ. ދާދި ފަހުން ވަނީ ޕޮލެންޑުގައި ކުރިއަށް ދިޔަ ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.

ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ދަރިފުޅު ލައިބާ އަކީ ރާއްޖޭގެ 11 އަހަރުން ދަށުގެ އެއްވަނަ ކުޅުންތެރިޔާ އެވެ. އަދި ލައިބާ އަންނަނީ ރާއްޖޭގައި ބާއްވަމުން އަންނަ ބެޑެމިންޓަން މުބާރާތްތަކުގައި ވެސް ވާދަކޮށް، ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

- ކޮމެންޓް
3 ޑިސެންބަރ 2023 | އާދީއްތަ 13:18
ވޯލް
މިރާއްޖޭގައި ކުޅިވަރުގައިވެސް ކުިރިއެރުން ލިބެނޭ ފައިސާވެރި ތަނަވަސް މީހުންގެ ދަރިންނަށް، އަސްލު ހުނަރު ހުރި ކުއްޖާ ހުންނަނީ ބާކީވެފަ. މަހްލޫފް 5 އަހަރު ދައުރު ނިމުނު އިރުވރސް ކުޅިވަރަކީ އެންމަށް އަތްފޯރާ ފަށުގައި އޮތް އެއްޗަކަށް ނުހެދުން.