Advertisement
ކ. މާލެ
|
26 ޖުލައި 2017 | ބުދަ 19:23
މިއަދުގެ އެއްވުން ރުޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ
މިއަދުގެ އެއްވުން ރުޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ
ޓްވިޓަރ
މިނިވަން ދުވަސް
މިނިވަންކަމަށް ގޮވާލާ ކުރަން ފެށި މުޒަހާރާވެސް ބާރާ އެކު ރޫޅާލައިފި
އެއްވުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށްފައިވޭ
ފުލުހުން ވަނީ ކޯޓް އަމުރެއް ނެތި އެމްޑީޕީ ހަރުގެޔަށްވަދެފައި
މި އެއްވުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި

ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށްބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވަން އުޅުނު އެއްުވުން ވެސް ފުލުހުން ނިކުމެ ހުއްޓުވައިފި އެވެ.

 

އެމްޑީޕީ ހަރުގެ ކުރިމަތީ ބުދަ ދުވަހުގެ ހަވީރު އެއްވެ  ހިޔާލު ފާޅުކުރުމަށް މަސައްކަތް ކުރުމުން އެއްވުން  ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފަވެ އެވެ.

 

މި އެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި ދަރިން ގޮވައިގެން އާޓިފިޝަލްބީޗްގައި ތިބި އާންމު ބައެއް މީހުންވެސް އެތަނުން ވަނީ ފޮނުވާލާފަ އެވެ. އޭގެ ތެރޭގައި ހަވީރު ހިނގާލަން ދަރިން ގޮވައިގެން އެތަނަށް ގޮސް ތިބި މީހުންވެސް ހިމެނެ އެވެ.

 

މި އެއްވުން ރޫޅާލުމަށް މަސައްކަތް ކުރިއިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވަނީ ރާއްޖެ އޮތީ ހާރިޖީގޮތުން ވެސް މިނިވަން ގައުމެއްގެ ގޮތުގައިއެއް ނޫނެނެވެ. އޭނާ ވިދާޅުވީ ގޮތުން ދިވެހި ސަރުކާރުން ގެންދަނީ އެންމެ ގައުމަކުން ކޮށްލާ ފޯނު ކޯލަކުންވެސް އެހެން ގައުމުތަކާ ގުޅުން ކަނޑާލަމުންނެވެ.

 

އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށް އެތަނަށް ފުލުހުން ވަދެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ގާނޫނީ އަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ފުލުހުން އަރައިގަންނަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިނިވަން ދުވަސް ފާހަގަ ކުރަން ބޭނުން ވިނަމަވެސް ރައްޔިތުން ތިބީ މިނިވަން ކަމަށް ފެންބޮވައިގެންފަ ކަމަށެވެ.

 

މީގެ އިތުރުން އެއްވި އެހެން މީހުންވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ކަމުގެ އިހްސާސް ނުކުރެވޭ ކަމަށްބުނެ ކަންބޮޑުވުން ފާޅު ކޮށް ވާހަކަ ދައްކަވާފަ އެވެ.

 

މަގުމަތީ އެއްވުންފުލުހުން މަނާ ކުރި ނަމަވެސް އެމްޑީޕީ ހަރުގެތެރޭގައި ތިބި މީހުންގެ ގަޔަށްވެސް އެކި ފަހަރު ވަނީ ޕެޕަރސްޕެރޭ ޖަހާފަ އެވެ.  އަދި މީޑިޔާތަކަށް ވެސް އެކި ވަނީ ފަހަރު ވަނީ އެ މުޒަހަރާ ކަވަރުކުރުމަށް ފުލުހުން ހުރަސްއަޅާފަ އެވެ.

 

މި އެއްވުމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ޖުލައި 2017 | ބުދަ 19:28
Kl
Areef aky yaameen gr puppetteh..