ދިވެހިރާއްޖޭގެ ހައިކޯޓު ރިސެސްއަށް ގޮސްފިއެވެ.
ހައިކޯޓުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯޓު ރިސެސްއަށް ގޮސްފައިވަނީ 2023 ޑިސެންބަރު 01 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 31 ގެ ނިޔަލަށެވެ.
އެހެންނަމަވެސް، ރިސެސްގެ މުއްދަތުގެ ތެރޭގައި ބައެއް ބާވަތުގެ މައްސަލަތައް ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމާފައިވާކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.
އޭގެ ތެރޭގައި ޤާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި، ޙުކުމްކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތުގެ މައްސަލަތަކާއި، އަދި އަވަސްކޮށް ހިންގަންޖެހޭކަމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ހިމެނެއެވެ.