ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 22:16
ބީއެމްއެލްގެ ޗެރިޓީ ރަންގެ ތެރެއިން
ބީއެމްއެލްގެ ޗެރިޓީ ރަންގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލްގެ ޗެރިޓީ ރަން
ބީއެމްއެލް ގެ މި އަހަރުގެ ޗެރިޓީ ރަން ބާއްވައިފި
 
މި ހަރަކާތުގެ ތެރެއިން ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕަރސަންސް ވިތު ޑިސަބިލިޓީގެ( އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފަ

މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތައް ކުރާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބާއްވާ "ސްޓާފް ޗެރިޓީ ރަން" ބައްވައިފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފައެވެ. އަތޮޅު ތެރެއިން 40 ށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ މުވައްޒަފުން ހިމެނޭ ރަށަކުން މި ދުވުމުގައި ބައިވެރިވެފަ އެވެ.

މި ހަރަކާތުގެ ތެރެއިން، ދުވުން ނިންމާލުމަށްފަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕަރސަންސް ވިތު ޑިސްއެބިލިޓީގެ( އެމްއޭޕީޑީ) ޕީޑަބްލިއުޑީ ހެލްތު ކޭމްޕް ހިންގުމަށް 50،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކުން އަންނަނީ އާންމުކޮން އިވެންޓްތައް ބާއްވަމުންނެވެ. އެގޮތުން ބޭންކުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އެމްއޭޕީޑީގެ މުހިންމު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް