ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 19:04
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވުން
މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާއިރު ޝަރުތު ފުރިހަމަވޭތޯ ދުރާލާ ބެލުން މުހިންމު: ހަބީބު
 
2024 ވަނަ އަހަރު އެންމެ އަވަހަށް ބޭއްވިގެންދާނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު
 
އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 އަހަރު ނުވާ މީހަކަށް ވާދައެއް ނުކުރެވޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާއިރު ޝަރުތު ފުރިހަމަވޭތޯ ދުރާލާ ބެލުން ވަރަށް މުހިންމު ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.  

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ޕްރައިމަރީ ބާއްވާއިރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާއިރު، ޝަރުތު ފުރިހަމަވޭތޯ ދުރާލާ ބޭލުން މުހިންމު ކަމަށެވެ.

އެގޮތުން މަޖިލީހަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުން، ބޭރުގައުމެއްގެ ރައްޔިތަކަށް ނުވެވުން، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން، ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން މިއެވެ. އަދި ބޭރުގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުކަމަށާ އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ސަބަބުތަކެއްވާ ކަމަށެވެ. އެއީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައިވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން އަދި ފަނޑިޔާރަކު ކަމުގައިވެއްޖެނަމަ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.

2024 ވަނަ އަހަރު އެންމެ އަވަހަށް ބޭއްވިގެންދާނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބެވެ. މި އިންތިޚާބަށް ކެންޕޭން ކުރުމުގެ މަސައްކަތްތައް ސިޔާސީ ޕާޓީތަކުން ދަނީ ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އެމްޑީޕީއަށް މެޖޯރިޓީ ލިބުން ރައީސް މުއިއްޒަށްވެސް މުހިންމު - މެންބަރު ހަލީމް
މަޖިލިސް އިންތިޚާބު އާދިއްތަ ދުވަހު ބާއްވާ ސަބަބު އީސީގެ ރައީސް އޮޅުންފިލުއްވައިދެއްވައިފި
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކީ ފެއްޓެވީ، ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލައި، ޚުދުމުހްތާރު ވެރިކަމެއް ކުރުމުގެ މަސައްކަތް: ރައީސް ޞާލިޙް
މަޖިލިސް އިންތިހާބާއި ގުޅިގެން ނިމިފައި ހުރި ކަމަކަށް ބަދަލެއް ނާންނާނެ، ރީ-ރަޖިސްޓްރޭޝަނަށް އިތުރު 3 ދުވަސްވަރު ދޭނެ - އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު ރޯދަމަހު ނުބާއްވަން އަބަދުވެސް އީސީން ވަކާލާތު ކުރި، އީސީގެ އަމިއްލަ އެޖެންޑާއެއް ނޯންނާނެ - ހަބީބު
މަޖިލީހުގެ %33 އަކީ އަންހެނުންކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް އިސްލާހެއް
މަޖިލިސް އިންތިޚާބު ފަސްކޮށްފި، ދެން އިންތިޚާބު އޮންނާނީ އެޕްރިލް 21ގައި
އިންތިޚާބު ލަސްކުރާ ގޮތަށް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި