ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 05:36
ޕްލާސްޓިކު ކުނި މޫދުގައި
ޕްލާސްޓިކު ކުނި މޫދުގައި
އަޝްވާ ފަހީމް
ސިންގަލް ޔޫސް ޕްލާސްޓިކް
1 ލީޓަރުން ދަށުގެ ކުދި ފުޅީގައި ފެން އެތެރެކުރުމާއި އުފެއްދުން މަނާވާ ތާރީޚަށް ރައީސް ބަދަލުގެންނަވައިފި
 
މިގެންނެވި ބަދަލާއެކު 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާވާނެ

1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާވާނެކަމަށް ކުރިން އޮތް ތާރީޚަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބަދަލު ގެންނަވައިފިއެވެ.

ކުރިން އޮތް ގޮތުން 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރެވޭނެއެވެ. މިހާރު ގެންނެވި ބަދަލާއެކު 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، 2024 އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާވާނެއެވެ. އަދި 2024 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން އެތަކެތި ބާޒާރަށް ނެރުން މަނާވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާ މި ލިސްޓް އަލުން ކަނޑައެޅުއްވީ އެ މަނިކުފާނު މިކަމާގުޅޭގޮތުން ނެރުއްވި ޤަރާރަކުންނެވެ. ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ތެރެއިން، މި ޤަރާރުގައި ހިމަނައިފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ 14 (ސާދަ) ބާވަތުގެ ތަކެއްޗަކީ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ކަމުގައި ކަނޑައަޅުއްވައި އެ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ތާރީޚު ވަނީ ކަނޑައަޅުއްވައިފައެވެ.

Advertisement

ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރަކުން ކަނޑައަޅުއްވާފައެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ޤާނޫނުގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާއި ގުޅިގެން އަލުން ލިސްޓު ރައީސް ކަނޑައެޅުއްވި އިރު ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް ލިސްޓުގައި ބަޔާންކޮށްފައިވެއެވެ. މިތަކެތި އެކި މަރުހަަލާތަކަށް ބަހާލައިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް