ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 09:15
ރެއާލްއަށް މެޗުގައި ފުރަތަމަ ލީޑްނަގައިދިނީ ބެލިންގހަމް
ރެއާލްއަށް މެޗުގައި ފުރަތަމަ ލީޑްނަގައިދިނީ ބެލިންގހަމް
ޔުއެފާ ޗެމްޕިއަންސް ލީގު
ބެލިންގހަމްގެ ރެކޯޑް ގޯލަކާއެކު، ރެއާލްއިން ނަޕޯލީ ބަލިކޮށްފި
 
ރެއާލް ފަސް މެޗުންވެސް މޮޅު

ޗެމްޕިއަންސް ލީގުގައި ބެލިންގހަމްގެ ރެކޯޑް ގޯލަކާއެކު ރެއާލް މެޑްރިޑުން ނަޕޯލީ ބަލިކޮށްފިއެވެ.

މެޗަށް ނުކުތްއިރު ވެސް ދެވަނަ ބުރު ޔަޤީންކޮށްފައި އޮތް ރެއާލްއިން އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީ ބަލިކުރީ 4-2 ނެވެ. މެޗުގައި ފުރަތަމަ ކުރިހޯދީ ނަޕޯލީން ނެވެ. ސިމެއޯން ނުވަވަނަ މިނެޓުގައި ނެގި ލީޑް ދެމިއޮތީ އެންމެ ދެ މިނެޓެވެ. ރޮޑްރީގޯ ލަނޑު ޖަހާ ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ރެއާލްއިން ލީޑް ނެގީ 22 ވަނަ މިނެޓުގައި ބެލިންގހަމް ޖެހި ލަނޑުންނެވެ. މިއާއެކު 20 އަހަރުގެ ބެލިންގހަމް ވެފައިވަނީ ރެއާލްއަށް ކުޅުނު ފުރަތަމަ ހަތަރު ޗެމްޕިއަންސް ލީގު މެޗުގައިވެސް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ގްރޫޕް ސްޓޭޖްގައި ރެއާލްއިން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ބެލިންގހަމް ކުޅުނީ ހަތަރު މެޗުގައެވެ. މިއީ މިސީޒަންގައި ބެލިންގހަމް ރެއާލް އަށް 16 މެޗުން ޖެހި 15 ވަނަ ގޯލެވެ. ބެލިންގހަމް ލީޑް ހޯދާދީފައި ވަނިކޮށް, ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓުގައި ނަޕޯލީން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ޒަމްބޯ އަންގުއީސާ އެވެ. ރެއާލް އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 84 ވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ނިކޯ ޕަޒް އެވެ. ލީޑް ފުޅާކޮށް, މޮޅު ޔަގީންކޮށްދިނީ އިތުރު ވަގުތުގައި ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތަކުން ހޮސޭލޫ އެވެ.

މެޗަށްފަހު ބެލިންގހަމް އަށް ތައުރީފް ކުރަމުން ރެއާލްގެ ކޯޗު އެންޗެލޮޓީ ބުނީ ކުޅުންތެރިންނާއި, ސަޕޯޓަރުންނާއި, ވާދަވެރިންނަށް ވެސް ހައިރާންކޮށްލައިފި ކަމަށެވެ. ގްރޫޕް ސްޓޭޖްގެ ފުރަތަމަ ހަތަރު މެޗަށްފަހު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަޤީންކުރި ރެއާލް ވަނީ ފަސް މެޗުންވެސް މޮޅުވެ 15 ޕޮއިންޓާ އެކުއެވެ. ނަޕޯލީ އޮތީ ހަތް ޕޮއިންޓާއެކު ދެވަނާގައެވެ. އަދި ދެވަނަ ބުރު ޔަޤީނެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް