ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 21:03
ކެންޔާ ގެ މިހާރުގެ ރައީސް ވިލިއަމް ރޫޓޯ "ކައުންޑާ" ސޫޓް ކޮޅެއްގައި
ކެންޔާ ގެ މިހާރުގެ ރައީސް ވިލިއަމް ރޫޓޯ "ކައުންޑާ" ސޫޓް ކޮޅެއްގައި
ބީބީސީ
ކެންޔާ ޕާލިއަމަންޓް ގެ ޑްރެސްކޯޑް
ވަކިކަހަލަ ސޫޓެއް ލައިގެން ކެންޔާގެ މަޖިލީހަށް ހާޒިރުވުން މަނާ ކޮށްފި
"ކައުންޑާ ސޫޓް" ޕާލިމަންޓަރީ ޑްރެސްކޯޑް މަތިން ހަންދާން ނެތެން ފެށުމުން

ކެންޔާގެ ގެ ގިނަ ބަޔެއްގެ ލޯބި ލިބިވަޑައިގެންނެވި ކުރީގެ ރައީސް ކެނެތު ކައުންޑާގެ ނަންފުޅަށް ނިސްބަތް ކޮށް ނަންދީފައިވާ "ކައުންޑާ ސޫޓް" ލައިގެން އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަކީ މަނާކަމެއް ކަމަށް މަޖިލީހުން އިއުލާން ކޮށްފިއެވެ. މި ޚާއްސަ ސޫޓަށް އެނަން ދީފައިވަނީ އެއީ ކައުންޑާ ލޯބި ކުރެއްވި ޚާއްސަ ސޫޓްއަކަށް ވާތީ ކައުންޑާގެ ޝަރަފްގައެވެ.  

މަޖިލީހުގެ ރައީސް މޯސެސް ވެޓަންގުލަ ވިދާޅުވީ ކައުންޑާ ސޫޓް އަދި އެފްރިކާގެ ސަގާފީ ހެދުންތައް ލައިގެންވެސް މަޖިލީހަށް ހާޒިރުވުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައެވެ.

ކައުންޑާ ސޫޓަކީ ކެންޔާގެ މިހާރުގެ ރައީސް ވިލިއަމް ރޫޓޯ ވެސް ވަރަށް ބޭނުން ކުރައްވާ ހެދުންކޮޅެއް ކަމަށް ވެއެވެ. އެހެން ކަމުން ސިޔާސީ އިސް ފަރާތްތަކުންވެސް އެވައްތަރު ސަފާރީ-ޖެކެޓް އަދި އެއާއެއްފޮތިން ފަހާފައިވާ ފަޓްލޫނު ތުރުކުރެއްވުމަށް އިސްކަމެއް ދެއްވައެވެ.

ކެންޔާގެ މަޖިލީހުގެ ރައީސް އަންގާރަ ދުވަހު ވިދާޅުވީ ކައުންޑާ ސޫޓާ އެކު ސަގާފީ ހެދުންތައް މަނާކުރީ ޕާލިމެންޓަރީ ޑްރެސް ކޯޑެއް ހެދިފައިވާއިރުވެސް ފާޑުފާޑުގެ ފެޝަން-ޓްރެންޑް ތައް މަޖިލީހުން ފެންނަމުންދާތީ އެކަން ހުއްޓުވުމަށް ކަމުގައެވެ. ފިރިހެނުންގެ ޑްރެސްކޯޑަކީ ގިރުވާނުލީކޯޓަކާ ޓައީ،އަތްދިގުގަމީހާ ދިގުފަޓްލޫނު އަދި އިސްތާކީނާއެކު ބޫޓެވެ. ނޫން ނަމަ ސަރވިސް ޔުނީފޯމެވެ.

އަންހެނުންނަށް ބިޒްނަސް، ފޯމަލް ނުވަތަ ސްމާޓް ކެޝުއަލް ލެވިދާނެއެވެ. ހެދުން އަދި ސްކަރޓް ހުންނަންޖެހޭނީ ކަކުލުން ތިރިއަށެވެ.އަތްކެނޑި ބްލައުޒް އާއި ހެދުން ނުލެވޭނެއެވެ.

ކައުންޑާ ސޫޓް ލައިގެން ކުރިން މަޖިލީހަށް ހާޒިރު ވެވެއެވެ. ނަމަވެސް އެކަން ހުއްޓުވަން ޖެހުނީ ޕާލިމަންޓަރީ ޑްރެސްކޯޑް މަތިން ހަންދާން ނެތެން ފެށުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައި ވެއެވެ.

މިކަމަށް ފާޑުކިޔާ ބަޔެއް ފަރާތްތަކުން ބުނެފައިވަނީ މިކަމަކީ ކައުންޑާ ސޫޓް ހަމައެކަނި ރައީސް އަށް ޚާއްސަ ކުރުމަށް ކުރި ކަމެއް ކަމުގައެވެ.

- ކޮމެންޓް