ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 20:42
2022 ވަނަ އަހަރު ބޭއްވި އުރީދޫ ފަން ރަން
2022 ވަނަ އަހަރު ބޭއްވި އުރީދޫ ފަން ރަން
އުރީދޫ
އުރީދޫ ފަންރަން
"އުރީދޫ ފަން ރަން 2023"ގައި ބައިވެރިވުމުގެ ފަހުގެ ފުރުސަތު
 
އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައި
 
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެ
 
އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުން

"ފަން ރަން 2023"އަށް ރެޖިސްޓަރވުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ ރޭ 12:00ށް ބަންދުވާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫއިން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރާ އުރީދޫ ފަން ރަން 2023އަށް ރެޖިސްޓަރވުމުގެ ފުރުސަތު، 5 ނޮވެމްބަރުގައި ހުޅުވާލާފައިވާ ކަމަށާއި، އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުން ކަމަށެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ބައިވެރިނަނަށް އަދި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް، ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ. އުރީދޫ ފަން ރަންގައި މި ލިންކުންhttp://ore.do/funrun2023ރަޖިސްޓްރީވެވޭނެއެވެ.

އުރީދޫ ފަން ރަން ބިބްގައި ނަން ޖަހާނެގޮތާ ގުޅޭގޮތުން އުރީދޫއިން ބުނީ، މޫލީން ރެޖިސްޓްރީ ކުރުމަށްފަހު، ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓްއަށް އެޑްކުރެވޭނެ ކަމަށެވެ. ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރުމަށްފަހު، ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރެވޭނެއެވެ. އަދި ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި، ބިބްގައި ޖަހަން ބޭނުންވާ ނަން (ގިނަވެގެން 7 އަކުރު) ޖެހުމަށްފަހު އޯޑަރު ކަށަވަރުކުރުމަށް ފައިސާ ދައްކަންޖެހޭ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެއެވެ. އޭގެތެރޭގައި 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެއެވެ. އަދި 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލް އަދި މަލްޓިޕާޕަސް ބަންޑާނާ ހިމެނެއެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ 6 އަހަރުން މަތީގެ ހުރިހާ މީހުންނަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށްވެސް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް