ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 06:11
އުރީދޫ ހެޑްކުއާޓަރ
އުރީދޫ ހެޑްކުއާޓަރ
ރައީސް އޮފީސް
އުރީދޫ
އުރީދޫ އިން ލާނިން އެކެޑަމީއެއް ހުޅުވައިފި
 
ހުރިހާ ވަގުތެއްގައި މުވައްޒަފުންނަށް ފަސޭހައިން އޯލާއަށް ވަދެވޭނެ

އުރީދޫއިން ލާނިން އެކެޑަމީއެއް މިއަދު ހުޅުވައިފިއެވެ.

އުރީދޫ ލާނިން އެކެޑަމީ (އޯލާ) ހުޅުވުމުގެ މަގްސަދަކީ ކުރިއަރަމުން އަންނަ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކުންފުނި ކުރިއެރުވުމަށް ކަމަށް އުރީދޫ އިން ބުންޏެވެ.

މީހުން ބިނާ ކުރުމަށް ގެންގުޅޭ އުސޫލާ އެއްގޮތަށް، އޯލާ އަކީ އުރީދޫގައި ހުނަރުވެރިން އުފެއްދުމަށް ފަރުމާކުރެވުނު އެކެޑަމީއެއް ކަމަށާއި ބަދަލުވަމުން އަންނަ ދުނިޔޭގައި ކުރިއަރަން ބޭނުންވާ ހުނަރާއި ޢިލްމު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް އޯލާއިން އިސްކަމެއް ދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އޯލާގެ މައިގަނޑު އަމާޒަކީ އުރީދޫ ގުރޫޕަށް، ފަސޭހައިން ކިޔެވޭ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފޯރުކޮށްދިނުންކަން ފާހަގަކޮށް އުރީދޫ އިން ބުނީ ހުރިހާ ވަގުތެއްގައި މުވައްޒަފުންނަށް ފަސޭހައިން އޯލާއަށް ވަދެވޭނެ ކަމަށެވެ.

އޯލާއާއެކު މުވައްޒަފުންނަށާއި ކުންފުންޏަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
100%
ކޮމެންޓް