ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 22:33
ތައިލެންޑު ޔޫތު ކަޕުގައި ވާދަކުރާ ދެ އެކަޑަމީގެ ކުޅުންތެރިން
ތައިލެންޑު ޔޫތު ކަޕުގައި ވާދަކުރާ ދެ އެކަޑަމީގެ ކުޅުންތެރިން
ތައިލޭންޑުް އިންޓަނޭޝަނަލް ޔޫތު ކަޕް 2023
ތައިލެންޑް ޔޫތު ކަޕްގައި ވާދަކުރަން އަޝްފާޤު އެކަޑަމީ އަދި ސަސް އެކަޑަމީ ތައިލޭންޑަށް
 
މިއީ މުބާރާތުގައި މި ދެ އެކަޑަމީން ބައިވެރިވާ ފުރަތަމަ ފަހަރު

ތައިލޭންޑުގައި އޮންނަ، ތައިލޭންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އަޝްފާޤު ފުޓުބޯޅަ އެކަޑަމީ އަދި ސުޕަ ޔުނައިޓެޑު ސްޕޯޓްސް ފުޓުބޯޅަ އެކަޑަމީން ތައިލެންޑަށް ގޮސްފި އެވެ.

ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުން ތިން ވަަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް މި ދެ އެކަޑަމީން ތައިލެންޑަށް ދިޔައީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މިއަހަރުގެ މުބާރާތުގައި މި ދެ އެކަޑަމީގެ ފަރާތުން ވެސް ބައިވެރި ކޮށްފައި ވަނީ އުމުރުން 10 އަހަރުގެ ދެ ޓީމެވެ. މިއީ މުބާރާތުގައި މި ދެ އެކަޑަމީން ބައިވެރިވާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް، މިއަހަރުގެ މުބާރާތުން ރަނގަޅު ނަތީޖާ އެއް ލިބޭނެ ކަމުގެ އުންމީދު ދެ އެކަޑަމީ އަށް ވެސް އެބަ އޮތެވެ.

އަޝްފާޤު ފުޓުބޯޅަ އެކަޑަމީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ ފަރީދު މުޙައްމަދު އެވެ. އަދި ސަސް ފުޓުބޯޅަ އެކަޑަމީގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރާނީ އަލީ ސުހައިލް އެވެ. މުބާރާތަށް ފުރުމުގެ ކުރިން ދެ ކޯޗުން ވެސް ބުނީ، ދެ ޓީމާ މެދު ވެސް ހުވަފެންތަކެއް ދެކޭ ކަމަށާއި، ދެ ޓީމަކީ ވެސް ވަރަށް އުންމީދީ ދެ ޓީމު ކަމަށެެވެ.

މުބާރާތުގައި ދެ ޓީމު ވާދަކުރާއިރު، ދެ ޓީމަށް ހިތްވަރު ދިނުމަށް ރާއްޖޭގެ ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ) ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ތައިލެންޑަށް ދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް