ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 05:33
ބަޔާނަށް ކުޅެމުން އަންނަ ނޯޔާ
ބަޔާނަށް ކުޅެމުން އަންނަ ނޯޔާ
ރޮއިޓާރސް
ބަޔާން މިއުނިކް
ނޯޔާ އަދިވެސް ހުރީ ބަޔާނާއެކު ކާމިޔާބީތައް ހޯދުމުގެ ޢަޒުމުގައި
 
އޭނާ ބުނީ އަނިޔާ އިން ރަނގަޅުވެ، އެންމެ ވަރުގަދަޔަށް މިހާރު ކުޅެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް

ބަޔާން މިއުނިކާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ ގޯލް ކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

ނޯޔާ މިހެން ބުނީ ބަޔާނާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، އިތުރު އެއް އަހަރަށް ބަޔާންގައި މަޑު ކުރުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާވާ ކަމަށެވެ. އަނެއްކޮޅުން، ދާދި ފަހުން ލިބުނު ބޮޑު އަނިޔާއަކަށްފަހު، އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވުމުން ހިތްހަމަ ޖެހޭ ކަމަށް ވެސް ނޯޔާ ވަނީ ބުނެފަ އެވެ. އެކަމަށް އިޝާރާތްކޮަށް އޭނާ ބުނީ އަނިޔާ އިން ރަނގަޅުވެ، އެންމެ ވަރުގަދަޔަށް މިހާރު ކުޅެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އިތުރަށް އޭނާ ބުނީ ބަޔާންގެ ކުޅުންތެރިންނާއެކު ދަނޑު މަތީގައި ހޭދަކޮށްލެވޭ ކޮންމެ ވަގުތަކީ ވެސް އޭނާ އަށް އަގުހުރި ވަގުތުތަކެއް ކަމަށެވެ.

މީގެ އިތުރުން ނޯޔާ ބުނީ، ކުރިއަށް އޮތް ސީޒަންގަައި ބޭނުންވަނީ ބަޔާނާއެކު ވީހާ ވެސް ގިނަ ކާމިޔާބީ ހޯދުމަށް ކަމަށެވެ. ޚާއްސަކޮށް ޔުއެފާ ޗެމްޕިއަންސް ލީގު އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ، 2025 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނަނީ މިއުނިކްގައި ކަމަށާއި، އެހެންކަމުން އެ މުބާާރާތް ކާމިޔާބު ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. ނޯޔާ ވަނީ އޭނާގެ ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި ސެވެން އުލްރެވިޗުގެ މަސައްކަތް ވެސް ފާހަަގަކޮށްފަ އެވެ.

ނޯޔާގެ އިތުރުން ބަޔާންގެ އެއްބަސްވުން އައު ކުރި އުލްރެވިޗު ބުނީ، އެންމެ ފުރަތަމަ ބަޔާނަށް އައުމަށްފަހު، އެހާ ގިނަ ދުވަހު އެ ކުލަބުގައި ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް، މިހާރު ބަޔާންގެ އެއްބަސްވުން އައުކޮށް، އިތުރު އަހަރަކަށް އެކުލަބުގައި މަޑު ކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށް ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ ބަޔާންގެ އެއް ވަނަ ކީޕަރު ނޯޔާ އާއި ދެން ތިބި ކީޕަރުން އަދި ކީޕަރު ކޯޗުންނާއެކު މަސައްކަތްކޮށް، އިތުރަށް ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް