ކ. މާލެ
|
26 ޖުލައި 2017 | ބުދަ 10:22
ރަންބީރު ކަޕޫރު
ރަންބީރު ކަޕޫރު
ގޫގުލް
ކޮފީ ވިތު ކަރަން
"ކޮފީ ވިތު ކަރަން" އަށް އަރާކަށް ބޭނުމެއް ނުވޭ: ރަންބީރު ކަޕޫރު
އެ ޝޯއާއި ބެހޭގޮތުން ފިލްމީތަރިން ބައިވެރިކޮށްގެން ހަޅުތާލު ކުރަން އުޅުނު

"ކޮފީ ވިތު ކަރަން" އަށް އަރަން ބޭނުން ނުވާ ކަމަށާއި އެވާހަކަ އެ ޝޯގެ ހޮސްޓް ކަރަން ޖޯހަރު ކައިރީ ވެސް ބުނި ކަމަށް ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ ނޫސްތަކަށް ރަންބީރު ކަޕޫރު ބުނީ ކަރަންގެ ސުވާލުތަކަކުން ރެކެން ވަރަށް އުނދަގޫވާނެ ކަމަށާއި އޭނާއަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެއް ކަމަށެވެ. ރަންބީރު ބުނީ އޭނާ އެހެންވެ މިއަހަރުގެ ކަރަންގެ ޝޯ ކަމަށްވާ "ކޮފީ ވިތު ކަރަން" ގައި ބައިވެރި ނުވާން އުޅުނު ކަމަށެވެ.

އަދި އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ އާއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ ވެސް އެ ޝޯއާ ބެހޭ ގޮތުން ފިލްމީތަރިން ބައިވެރިކޮށްގެން ހަޅުތާލު ކުރުމަށް އުޅުނު ކަމަށް ވެސް ރަންބީރު ބުންޏެވެ.

އަދި މިފަހަރުގެ ޝޯގައި އޭނާ ބައިވެރި ކުރުވީ ކަރަން މަޖުބޫރު ކޮށްގެން ކަމަށާއި އޭނާ އެޝޯ ދެކެ ފޫހިވެއްޖެ ކަމަށް ރަންބީރު ބުންޏެވެ. ރަންބީރު ބުނީ އެ ޝޯއަކީ ފިލްމީ ތަރިންގެ ޒާތީ ވާހަކަތައް މީޑިއާތަކަށް ދައްކާ ޝޯއެއް ކަމަށާއި އެއްވެސް މީހަކު އެމީހެއްގެ ޒާތީ ވާހަކަތައް ޝެއާ ކުރަން ބޭނުން ނުވާނެ ކަމަށެވެ.

އަދި އެއީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެހެންކަމުން އޭނާ ކަރަން ދެކެ ހިތްހަމަ ނުޖެހިފައި ވާކަމަށް ބުނެފައި ވެއެވެ.

 

 

- ކޮމެންޓް