ކ. މާލެ
|
26 ޖުލައި 2017 | ބުދަ 10:39
ސަލްމާން ޚާން
ސަލްމާން ޚާން
ގޫގުލް
ސަލްމާން ޚާން
ސައްބީރު ދެކެ ސަލްމާން ވަރަށް ރުޅިއަތުވެއްޖެ
ދެން ދުވަހަކުވެސް ސައްބީރުއާއި އެކު ފިލްމެއް ނަހަދާނެ

ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "ދަބަންގް 3" އާ ބެހޭ ގޮތުން ޑައިރެކްޓަރ ސައްބީރު ދެއްކި ވާހަކަތަކާ ގުޅިގެން ފިލްމީ ތަރި ސަލްމާން ޚާން ވަރަށް ރުޅިގަދަވެއްޖެއެވެ.

ސަލްމާން ޚާން ރުޅިއައީ ސައްބީރު ޚާން ދޮގު ހެދުމުން ކަމަށް ބުނެއެވެ. ސަލްމާން ބުނީ ސައްބީރު އެހަދަނީ ދޮގު ކަމަށާއި މީޑިއާތަކުގައި އޭނާ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ކަމަށް ސަލްމާން ބުނެފައި ވެއެވެ. އަދި އެއީ ސައްބީރު އަމިއްލައަށް މަޝްޙޫރުވާން ވެގެން ކުރާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

"ދަބަންގް 3" ޑައިރެކްޓްކުރުމަށް ހަވާލުކޮށްފައި ވަނީ ޑައިރެކްޓަރު ޕްރަބޫ ދޭވާއާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމާ ރުޅިއައިސްގެން ސަލްމާން ޚާންގެ ގާތް އެކުވެރިއެއް ކަމަށްވާ ސާޖިދު ނަދިއަދްވާލާ ވަނީ ސައްބީރުގެ ބަދަލުގައި "ބާޣީ 2" ޑައިރެކްޓްކުރަން ޑައިރެކްޓަރ އަހުމަދު ޚާނާ ހަވާލުކޮށްފައެވެ.

ސަލްމާންގެ އާއިލާއިން ވެސް ވަނީ ސައްބީރު މިދެއްކި ވާހަކަތަކާ ގުޅިގެން ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައެވެ. އެގޮތުން ސައްބީރާ އެއްވެސް ފިލްމެއް ދެން ހަވާލެއް ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

ސަލްމާނާއި އޭނާގެ ގާތް އެކުވެރިން އަދި އާއިލާއިން ރުޅިއައިސްފައިވާއިރު ސައްބީރު މިކަމާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނެއެވެ.

ސައްބީރު ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މުންނާ މައިކަލް" އާއި "ބާޣީ" ހިމެނެއެވެ.

- ކޮމެންޓް