ބޮލީވުޑްގެ އެއް ޖޯޑު ކަމަށްވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު 2 ހަފްތާގެ ޗުއްޓީއަކަށް ސްވިޒަލޭންޑަށް ފުރައިފިއެވެ.
އެ ދެ މީހުން ޗުއްޓީއަށް ދިޔައީ ދަރިފުޅު ތައިމޫރު ވެސް ގޮވައިގެންނެވެ. މިއީ ތައިމޫރު ލިބުނު ފަހުން އެ ދެ މީހުން ގައުމުން ބޭރަށް ޗުއްޓީއަށް ދާ ފުރަތަމަ ފަހަރެވެ.
ސައިފް އާއި ކަރީނާ އަދި ތައިމޫރު ސްވިޒަލޭންޑަށް ދިއުމަށް ފުރަން ތިއްބާ ނަގާފައިވާ ފޮޓޯތައް ބޮލީވުޑްލައިފް އިން ވަނީ އާންމު ކޮށްފައެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ތައިމޫރު އުރައިގެން ހުރީ އޭނާގެ ބައްޕަ ސައިފް އަލީ ޚާންއެވެ. ކަރީނާ ވަނީ މިހާރު ކުރިއަށްވުރެ ވަރަށްބޮޑުތަން ހިކިވެފައެވެ.
ސައިފްއާއި ކަރީނާ އަދި ތައިމޫރު ޗުއްޓީ ހޭދަކޮށްލުމަށް ފަހު ދެހަފްތާއެއްހާ ދުވަހެއް ފަހުން އަންނައިރު، އެދެމީހުން ކުޅެން ހަމަޖެހިފައިވާ ފިލްމުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.