ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 18:35
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)
ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް)
ބޯހިޔާވަހިކަމުގެ ސިޔާސަތު
ފުށިދިއްގަރުފަޅު ހިއްކުމަށް ވުރެ ރައްޔިތުންނަށް މުހިންމީ ހިއްކިފައި ހުރި ތަނެއްގައި ޚިދުމަތް ދިނުން - ދޮންބިލެތް
ވަކި ސަރުކާރަކުން ފަށާފައިވާ ކަމަކަށް ވުމުން މަސައްކަތްތައް ކުރިއަށް ނުގެންދިއުމުގެ ސިޔާސީ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ
މި ސަރުކާރުން މަސައްކަތް ކުރަންވީ ހިއްކިފައި ހުރި ބިމުގައި އަސާސީ ޚިދުމަތް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި
400 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކާތީ އޭނާ ވަނީ ފާޑު ވިދާޅުވެފަ

ފުށިދިއްގަރުފަޅު ހިއްކުމަށް ވުރެ ރައްޔިތުންނަށް މުހިންމީ ހިއްކިފައި ހުރި ތަނެއްގައި ޚިދުމަތް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ  ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ، އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި އެކު މާލޭގެ ބޯހިޔާވަހިކަމާއި މެދު އާއްމުން ތިބީ ވަރަށް އުންމީދުކޮށްގެން ކަމަށެވެ. އަދި ހުޅުމާލެ އާއި ގުޅީފަޅުގައި ދީފައި ހުރި ބިންތަކުގައި މީހުން ޤާއިމްވުމަށްޓަކާ އެ ތަންތަނަށް ކަރަންޓާއި، މަގާއި، ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޯގާތެރި ސަރުކާރެއްގައި އަމަލުކުރާނެ ގޮތަކީ އެއް ސަރުކާރުން ފަށާ ޕްރޮޖެކްޓްތައް ނުހުއްޓުވާ ކުރިއަށް ގެންދިއުން ކަމަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އަމަލުކުރީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ކުރިއަށް ދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަން ނުދޭތީ އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން 400 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމަށް ވުރެ މިހާރު ހިއްކާފައިވާ ތަންތަނުގެ ޚިދުމަތް އާއްމުންނަށް ލިބޭނެ މަގު ފަހިކޮށްދިނުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރު މި ސަރުކާރުން މަސައްކަތް ކުރަންވީ ހިއްކިފައި ހުރި ބިމުގައި އަސާސީ ޚިދުމަތް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވަކި ސަރުކާރަކުން ފަށާފައިވާ ކަމަކަށް ވުމުން މަސައްކަތްތައް ކުރިއަށް ނުގެންދިއުމުގެ ސިޔާސީ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް