ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 15:44
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ގިފްޓް ވައުޗަރާއި އެއަރލައިން މައިލްސް ލިބޭގޮތަށް ހަމަޖައްސައިފި
 
އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓަރކުރެވޭނެ
 
ރެޖިސްޓަރ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެ

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗަރ އަދި އެއަރލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފިއެވެ.

މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން، ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޤަޠަރު އެއަރވޭސް، އެއަރ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއަރލައިންސްތަކުގެ ފްރީކުއެންޓް ފްލެޔަރ މައިލްސް ހޯދޭނެއެވެ. މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން  މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗަރވެސް މިހާރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމް އަށް ރިޑީމް ކުރެވޭ އައު ގޮތްތައް އިތުރުކޮށް ، ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތުތަކެއް ހޯދައިދެވުމަކީ ލިބިވަޑައިގަތް އުފަލެއް ކަމަށެވެ. އަދި ބީއެމްއެލްގެ ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިންގަމުންދާ އެންމެ ބޮޑު ޕްރޮގްރާމް ކަމަށާއި ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން އެއާލައިން މައިލްސް ރިޑީމް ކުރެވޭ ގޮތަށް މި ޕްރޮގްރާމުގެ ދަށުން ހަމަޖައްސާފައިވާ ކަމަށެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓަރކުރެވޭނެއެވެ.ރެޖިސްޓަރކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެއެވެ. މި ގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑް ތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް