ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 07:57
ޖޭޕީ އާއި ޕީއެންސީން ބައްދަލުކުރުމުގެ ތެރެއިން
ޖޭޕީ އާއި ޕީއެންސީން ބައްދަލުކުރުމުގެ ތެރެއިން
ޖޭޕީ އާއި ޕީއެންސީ
ޖޭޕީ އާއި ޕީއެންސީގެ ބައްދަލުވުމެއް، މި ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވި
 
ޖޭޕީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ، މި ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް

ޕީއެންސީއާއި ޖުމްހޫރީ ޕާޓީގެ ބައެއް އިސް ބޭފުޅުން މަޝްވަރާ ބައްދަލުވުމެެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖޭޕީގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ، މި ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖޭޕީގެ ކައުންސިލުން ނަގާފައިވާ ކޮމިޓީގެ ބޭފުޅުން ކަމަށާއި މި މަޝްވަރާގެ އިތުރު ތަފްސީލް އަދި ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ޕާޓީގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނާއިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޕީއެންސީގެ ނާއިބު ރައީސް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް ރަޝީދު އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޖޭޕީގެ ފަރާތުން ބައިވެރިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާނާއި މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހުމަދު ހިމެނިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް