ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 07:09
ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުން
ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުން
ޕީޕީއެމް/ޕީއެންސީ
މަޖިލިސް އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީ އިން ގުޅިގެން ވާދަކުރަން ނިންމައިފި
ޕީޕީއެމްއަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަން ޕާޓީގެ ލީޑަރޝިޕަށް ބާރު ދިނުމަށް ނިންމާފައިވޭ
އިތުރު ނިންމުންތައް ނިންމަން ހަމަޖެހިފައި ވަނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓު މެދުވެރިވެގެން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ގުޅިގެން ވާދަކުރަން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ނިންމާފައިވާ އިތުރު ކަންކަމުގެ ތެރޭގައި ޕީޕީއެމްއަށް ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރަން ޕާޓީގެ ލީޑަރޝިޕަށް ބާރު ދިނުން ހިމެނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ނިންމުންތައް ނިންމަން ހަމަޖެހިފައި ވަނީ ދެ ޕާޓީގެ ޖޮއިންޓް ސެނެޓު މެދުވެރިވެގެންނެވެ.

މަޖިލިސް އިންތިޚާބުގައި ޕީޕިއެމް/ޕީއެންސީގެ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީ 20 ޖެނުއަރީގައި ބާއްވާނެ ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ. އަދި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ ކުރިން ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެން ތިއްބެވި މަޖިލީސް މެންބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިން ނަމަވެސް މި ފަހަރު އެހެން ޢަމަލުނުކުރާނެ ކަމަަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

- ކޮމެންޓް