Advertisement
ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 17:44
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެގްޒިބިޝަންގައި ހުރި ކުރެހުންތައް ބައްލަވައިލައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެގްޒިބިޝަންގައި ހުރި ކުރެހުންތައް ބައްލަވައިލައްވަނީ
ރައީސް އޮފީސް
ކުޑަކުދިންގެ ދުވަސް
ރައީސްގެ އަނބިކަނބަލުން، ވަރލްޑް ޗިލްޑްރެންސް ޑޭ- އަރޓް އެގްޒިބިޝަން ހުޅުވައިދެއްވައިފި
މިއީ ޔުނިސެފުން ކުރިއަށްގެންދާ އެގްޒިބިޝަނެއް
އެންމެ މޮޅު 15 ކުރެހުން ވަނީ ހޮވާފައި
ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ވަނީ ދައްކާލާފައި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަރލްޑް ޗިލްޑްރެންސް ޑޭ- އަރޓް އެގްޒިބިޝަން ރަސްމީކޮން ހުޅުވައިދެއްވައިފިއެވެ.

އެކަމަނާ މި އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ ހޯލުގައި ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މި އެގްޒިބިޝަން ޔުނިސެފުން ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިއަށްގެންދާ މި އަރޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވެއެވެ.

Advertisement

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ހައްގުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި ދުވަހެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ. ގެ މުއާހަދާގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މި އަރޓް އެގްޒިބިޝަންގައި އެންމެ މޮޅު 15 ކުރެހުން ވަނީ ހޮވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް