ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 21:43
ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވުން
ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވުން
ރާއްޖެ - އިންޑިއާ
ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި
 
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ މުހިންމު ވައުދެއް
 
އިންޑިއާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ބައްދަލުވުމުގައި ބޭނުންތެރި މަޝްވަރާތަކެއް ކުރެއްވުނު ކަމަށް ވިދާޅުވެފައި
 
އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އިންޑިއާގެ ސަފީރު ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްފައި ވަނީ، އެ ބައްދަލުވުމުގައި ބޭނުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ބައްދަލުވުމާ ގުޅޭ ތަފްސީލުތައް ފޮރިން މިނިސްޓްރީން އަދި ހާމައެއް ނުކުރައްވައެވެ.

އާ ސަރުކާރާއެކު މަސައްކަތް ކުރުމަށްވެސް ތައްޔާރަށް އިންޑިއާއިން އޮތް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ މި ސަރުކާރުގެ މުހިންމު ވައުދަކަށް ވާއިރު، އެ މަސައްކަތަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް