ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 14:39
ރައީސްގެ މެންބަރުގެ ގޮތުގައި ސަމީރު ވަނީ ޖޭއެސްސީއަށް އައްޔަންކުރައްވާފައި
ރައީސްގެ މެންބަރުގެ ގޮތުގައި ސަމީރު ވަނީ ޖޭއެސްސީއަށް އައްޔަންކުރައްވާފައި
ރައީސް އޮފީސް
ސަމީރު ޖޭއެސްސީއަށް
ޖޭއެސްސީއަށް ރައީސް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ސަމީރު
ސަމީރު އެމަގާމަށް އައްޔަންކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރ. އިނގުރައިދޫ ހިތްވަރު، އަލްއުސްތާޛު މުޙައްމަދު ސަމީރު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު މި މަގާމަށް ޢައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި ބުރާސްފަތި ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މުޙައްމަދު ސަމީރަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.

އަލްއުސްތާޛު މުޙައްމަދު ސަމީރު ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ ކަމުގެ މަގާމާއި، ނަޝީދް އެންޑް ކޯ ގެ ސީނިއަރ އެސޯސިއޭޓްކަމުގެ މަގާމާއި، ސަމީރު އެންޑް ޝަމާމް އެލް.އެލް.ޕީ. ގެ މެނޭޖިންގ ޕާޓްނަރުކަން ހިމެނެއެވެ.

- ކޮމެންޓް