ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 13:15
އެސްޓީއޯ އަންކާރާ ނައިޓް
އެސްޓީއޯ އަންކާރާ ނައިޓް
އެސްޓީއޯ
އެސްޓީއޯ އަންކާރާ ނައިޓް
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
 
އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިންގ އަދި ލައިވް މިއުޒިކް އޮންނާނެ
 
އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެން ވެސް އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާ އަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ އަންކާރާނައިޓް އަންނަ ހޮނިހިރު ދުވަހުގެ ރޭ ގައުމީ ޔުނިވާސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިޔަށް ގެންދާ އަންކާރާ ނައިޓްގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިންގ އަދި ލައިވް މިއުޒިކް އޮންނާނެއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ 8:00ން 10:30ށް ކުރިޔަށް ގެންދާ އަންކާރާ ނައިޓަށް ޒިޔާރަތްކޮށްގެން ވެސް އިނާމެެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ.

އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖު، ތަރުކާރީ، ބުރޭން އަދި ހޯލް ވީޓް ގިނަ ވެރައިޓީތަކެއްގެ ޕާސްތާ އެސްޓީއޯ ޕީޕަލް ޗޮއިސް އިން ލިބެން ހުރެއެވެ.

އަންކާރާ ވިޓަމިން ސީރީޒް އަކީ ވިޓަމިންތަކުން ފުރިފައިވާ، ހުރިހާ އުމުރުފުރަޔަކަށް ވެސް ވިޓަމިންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން މީރު ރަހައެއް ލާ ޕާސްތާއެކެވެ. އަދި ކުޑަކުދިންނަށް ކަމުދާނެގޮތަށް އުފައްދައިފައިވާ ތަރުކާރީ ސީރީޒަކީ ދުޅަހެޔޮ ކާނާ ކެއުމަށް އިސްކަންދޭ މީހުންނަށް ވަރަށް ރަނގަޅު ޗޮއިސެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯ އަންކާރާ ނައިޓް މިދިޔަ އަހަރު ކުރިޔަށްގެންދިޔައީ އައްޑޫ ސިޓީގައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް