ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 05:47
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން
ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ނާގަލްސްމަން
ރޮއިޓާސް
ޖަރުމަނު ޤައުމީ ޓީމު
ބަސް މަދުކޮށްފައި، ދަނޑު މަތީ އަމަލު ގިނަ ކުރަން ޖެހޭ: ނާގަލްސްމަން
 
އޭނާ ބުނީ، މެޗުން ބަލިވުމަކީ އޭނާ އާއި ކުޅުންތެރިން އަދި ފުޓުބޯޅަ ފެޑެރޭޝަނަށް އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް

ވާހަކަ އާއި ބަސް މަދު ކުރުމަށްފަހު، ފުޓުބޯޅަ ދަނޑު މަތީގައި އަމަލު ގިނަ ކުރަން ޖެހޭ ކަމަށް ޖަރުމަނު ޤައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ، ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ޖަރުމަނުން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު އެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ، ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަކުން އެއްވެސް އިރަކު އޭނާ ހިތާމަ ކުރަން ނުޖެހޭ ކަމަށެވެ. އޭނާ ބުނީ ޖަރުމަނު ޤައުމީ ޓީމުގެ ވަޒީފާގައި ހުރީ ގަޔާވެގެން، ހުންނަ ހިތުން ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ޖަރުމަނު ޤައުމީ ޓީމަށް ލިބިފައިވާ އެންމެހާ ކަންކަމާއެކު، މިހާރު އޮތް ޙާލަތު ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Advertisement

މީގެ އިތުރުން ނާގަލްސްމަން ބުނީ، މެޗުގެ ނަތީޖާ އިން އޭނާ ހިތާމަ ކުރާ ކަަމަށެވެ. އެހެން ނަމަވެސް، އެއްވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނުހުންނާނެ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ. އޭނާ ބުނީ، މެޗުން ބަލިވުމަކީ އޭނާ އާއި ކުޅުންތެރިން އަދި ފުޓުބޯޅަ ފެޑެރޭޝަނަށް އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދެން ކުރަން ޖެހިފައި އޮތް ކަމަކީ، ވާހަކަ މަދު ކުރުމަށްފަހު، ދަނޑު މަތީގައި އަމަލު ގިނަ ކުރަން ޖެހޭ ކަމަށް ވެސް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ކޯޗުކަމާ ނާގަލްސްމަން ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅެފައި ވަނީ ހަތަރު މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް