ކ. މާލެ
|
22 ނޮވެންބަރ 2023 | ބުދަ 13:33
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން- 3 މީހުންގެ ދައުވާތައްވެސް ވަނީ ބޭރުކޮށްލާފައި
ރިލްވާނުގެ މަރާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން- 3 މީހުންގެ ދައުވާތައްވެސް ވަނީ ބޭރުކޮށްލާފައި
ޕޮލިސް
ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
 
އަހަނދުގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން އެ މައްސަލަވެސް ވަނީ ބޭރުކޮށްލާފައި
 
މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި

ޔާމީން ރަޝީދު މަރާލި މައްސަލައާއި އަހުމަދު ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް އަބްދުލްރަހީމް (އިސޫ) އާއި، އަހުމަދު މުއާޒްގެ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

އަދި މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހުމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަވެސް ކްރިމިނަލް ކޯޓުން ކުރިން ވަނީ ބޭރުކޮށްލާފައެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ޔާމިނު މަރަން މަގުފަހިކުރުވުމަށް ވަކި އިންތިޒާމުތަކެއް ނުވަތަ އެހީތެރިވުމުގެ ގޮތުން ވަކި ކަންތައްތަކެއް އޭނާ ކުރި ކަމުގެ އެކަށީގެންވާ ހެކި ނެތި ކަމަށް ބަލައިގެންނެވެ.

އަދި އޭނާ ކުރި ކަމަށް ބުނާ ބައެއް ކަންކަމާ ގުޅޭ ހެކި ހުރި ނަމަވެސް އެއީ އެހީތެރިވުމުގެ ގޮތުން ނުވަތަ އިންތިޒާމު ކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި, ދައުލަތުން ހުށަހެޅި އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކުރާ ކަންކަމުގެ އަލީގައި ކޮންމެވެސް ވަރެއްގެ ހެއްކެއް ލިބުނަސް, މި މައްސަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބެން ވާނެއެވެ. ނަމަވެސް އެ މިންވަރަށް ހެކި ނުލިބޭތީ, ކުށްކުރި ކަމަށް ބެލެވޭ މިންވަރަށްވުރެ ކުށް ނުކުރާކަމަށް ބޮޑަށް ބުރަވެވޭ ކަމަށް އެ ކޯޓުގެ ނިންމުމުގައި ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް