މި ސަރުކާރުން ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުންވެސް ދަރަނި ނަގައިގެން ކުރި އެއް މަސައްކަތަކީ ރާއްޖޭގެ ރަށްތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، ފަތުރުވެރިކަން އިތުރަށް ފުޅާ ކުރެވޭނެ މަގުތައް ފަހިކުރުން ކަމަށެވެ.
އެ މަސައްކަތް އެމްޑީޕީން ކުރިއަށް ގެންދަނިކޮށް ސަރުކާރު ބަދަލުވެފައިވާކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ، މިހާރު ބަލަންޖެހޭ ކަމަކީ ރަށްރަށުގައި ޤާއިމު ކުރެވިފައި ހުރި ޚިދުމަތްތަަކަކީ ކޮބައިތޯކަމަށެވެ.
އެގޮތުން ބަލާއިރު، ރަށްރަށުގައި ޤާއިމުކޮށްދެވިފައި ހުރި، އާމްދަނީ ލިބޭނެ ފަދަ އެސެޓުތަކަކީ ކޮބައިތޯވެސް ބަލަންޖެހޭކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން އެކަންކަމުގެ ހިސާބު ޖަހާލުން މުހިއްމުކަމަށް ޖާބިރު ވިދާޅުވިއެވެ.
އެ މަސައްކަތް އެމްޑީޕީން ކުރަމުންދަނިކޮށް ސަރުކާރު މި ބަދަލުވަނީކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ، އިޤްތިސާދީ އެޖެންޑާތައް ހިންގަމުންދާއިރު، ރާއްޖެ އަނދަވަޅަކަށް ވެއްޓިފައިވާކަމަށް މިހާރުގެ ސަރުކާރަށް ބުނެވެން ނެތްކަމަށެވެ. އެގޮތުން ދިވެހިން ބޭނުންވާ ކުރިއެރުމާ އެއްވަރަށް ނިމިދިޔަ ސަރުކާރުންވެސް ތަރައްޤީ ގެނައުމުގެ މަސައްކަތްތައް ކުރަމުން ގޮސްފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.
ދައުލަތުން ދަރަނި މެނޭޖްކުރަން ޖެހޭނީ، ދަރަނި އެބަހުއްޓޭ ކިޔާފައި ބިރުދައްކައިގެން ނުވާނެ، އިންޓަނޭޝަނަލް ރޭންކިންގ ރަނގަޅުކުރާށޭ، އައު ސަރުކާރުގައިވެސް އެ ހަކަތަ އޮންނާނެކަމަށް އެ ވިސްނުން އޮންނާނެކަމަށް އަޅުގަނޑު މި ބަލަނީކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޖާބިރު ވިދާޅުވީ، ގިނަ ރަށްރަށުގައި މިހާރު އަސާސީ ޚިދުމަތްތައް ތަރައްޤީކުރެވި، ފަތުރުވެރިކަމަށްވެސް އިތުރަށް ފުޅާކުރެވިފައިވާކަމަށެވެ.