ކ. މާލެ
|
21 ނޮވެންބަރ 2023 | އަންގާރަ 07:46
ފުލުސް އޮފިސަރު ނިޔާވެފައި އޮއްވާ ފެނުނީ ސްވިމިންގ ޓްރެކް ސަރަހައްދު މޫދުން
ފުލުސް އޮފިސަރު ނިޔާވެފައި އޮއްވާ ފެނުނީ ސްވިމިންގ ޓްރެކް ސަރަހައްދު މޫދުން
ފޭސްބުކް
ފުލުހަކު ނިޔާވުން
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގައި ޑިއުޓީ އަދާކުރާ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
އިޝާ ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވެގެން ފުލުހުންނަށް ދަންވަރު ރިޕޯޓްކޮށްފައިވޭ
ނިޔާވެފައިވަނީ 22 އަހަރުގެ ފިރިހެނެއް

ޭނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގައި ޑިއުޓީ އަދާކުރާ ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީ ކުރާ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހަކު ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަކަމަށާއި، އެއްވެސް ހަބަރެއް ނުވާކަމަށް ހޯމަ ދުވަހުގެ ރޭ 12:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް ހިތަދޫ ސްވިމިންގ ޓްރެކް ސަރަހައްދު މޫދުން 1:40 ހާއިރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

ނިޔާވެފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

- ކޮމެންޓް