ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 19:55
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު އައްޔަނުކުރެވުން
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު އައްޔަނުކުރެވުން
ރައީސް އޮފީސް
ސަރުކާރުގެ މަގާމުތައް
ކަސްޓަމްސްގެ އިސްވެރިޔާއާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވައިފި
 
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު ވަނީ އައްޔަނުކުރައްވާފައި
 
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަނުކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒް މަހާޒު އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، މާނިއު ވަނީ ކަސްޓަމްސް އޮފިސަރުންގެ ހުވާ ‏ކުރައްވާފައެވެ. ‏މި މަގާމަށް ޔޫސުފް މާނިއު މުހައްމަދު އައްޔަނުކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

Advertisement

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމަށް، ޅ. ހިންނަވަރު ބޮޑުފެންޑާގޭ އަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރ ފެންވަރުގައި އައްޔަނުކުރައްވާފައެވެ.

އަދި، ރައީސުލްޖުމްހުރިއްޔާ ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އިތުރު ހަތަރު ބޭފުޅަކު އައްޔަނުކުރައްވާފައެވެ. އެއީ:

  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް - މުހައްމަދު ފަހުމީ ހަސަން
  • މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - އިބްރާހީމް އާމިރު
  • ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ސްޓޭޓް މިނިސްޓަރު - އަލްއުސްތާޒާ ފާތިމަތު ޝަމްނާޒް އަލީ ސަލީމް
  • ކޮމިޝަނަރ އޮފް ޕްރިޒަންސް - ހަސަން ޒަރީރު އެވެ.
Advertisement
ކޮމެންޓް