ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 14:53
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން: ޓޫރިޒަމް މިނިސްޓަރު
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން: ޓޫރިޒަމް މިނިސްޓަރު
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
 
ރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރުކުރާނެ
 
ފަތުރުވެރިކަން ސިންދަފާތުކުރާނެ

މިސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ވިޒިޓަރ އިކޮނޮމީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ދައުލަތަށް 4.5 ބިލިއަން ޑޮލަރު ލިބޭ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިއަދަދު ހަ ބިލިއަނަށް އެރުވުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ސިންދަފާތު ކުރާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ބޮޑު ހިއްސާއެއް އަދާކުރަމުންދަނީ ފަތުރުވެރިކަމުގެ ސިނާއަތް ކަމުގައިވީ ނަމަވެސް އެކަމާ ގުޅުން ހުރި އިތުރު ސިނާއަތްތައް ތައާރަފްކޮށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ. އެހެންކަމުން އެއަމާޒަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ޓޫރިޒަމް ސެކްޓަރއިން ދިވެހިރާއްޖޭގެ އިގްތިސާދަށް މިއިންޖެކްޓް ކުރަނީ މިހާރު ގާތްގަނޑަކަށް 4.5 ބިލިއަން. އެހެންވީމަ ޓޫރިޒަމް ޑައިވާސްފިކޭޝަން މީގެ މައިގަނޑު ރައީސްގެ ވިސްނުންފުޅަކީ. އެއިންކަމް އިގްތިސާދުގެ ތެރެއަށް ރެވެނިއު އިތުރަށް ހަ ބިލިއަނަށް ނެގޭނެ ގޮތެއް ބަލައިގެން މަސައްކަތް ކުރާނީ. ސްޕޯޓްސް ޓޫރިޒަމް، އަދި މެޑިކަލް ޓޫރިޒަމް އަށް މަސައްކަތް ކުރާނެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބަލައިގަނެފައިވާ ފަތުރުވެރިކަމުގެ މޮޑެލްތަކެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ސިންދަފާތުކޮށް، ކުރިއެރުވުމަކީ އޭގެން ރަނގަޅު ނަތީޖާތަކެއް ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށް އޮތްތަނުގައި ޚާއްސަ ޕްލޭންތައް ހަދާނެ ކަމަށާއި، މަސައްކަތްތައް ކުރެވެމުންދާ މިންވަރަކަށް އެ ޕްލޭންތައް ހިއްސާކުރަމުންދާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދަވާފައެވެ. ވިޒިޓަރ އިކޮނޮމީ ކައުންސިލް ޗެއަރ ކުރައްވަނީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ. ކޯ ޗެއަރ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އޭގެ އިތުރުން، އެޑިއުކޭޝަން މިނިސްޓަރާއި، ހެލްތު މިނިސްޓަރާއި، ސްޕޯޓްސް މިނިސްޓަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު، ދިވެހި ލެންގުއޭޖް މިނިސްޓަރު، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު މި ކައުންސިލުގައި ހިމެނިވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް