ކ. މާލެ
|
20 ނޮވެންބަރ 2023 | ހޯމަ 05:37
މެޗުގައި ފުރަތަމަ ލަނޑަށްފަހު ލުކަކޫ: ފޮޓޯ-ރޮއިޓަރސް
މެޗުގައި ފުރަތަމަ ލަނޑަށްފަހު ލުކަކޫ: ފޮޓޯ-ރޮއިޓަރސް
ރޮއިޓާސް
ޔޫރޯ ކޮލިފައިންގ
އެއް މެޗެއްގެ، އެއް ހާފްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު!
 
ބެލްޖިއަމް ވަނީ ޔޫރޯ އަށް ކޮލިފައިވެފަ

އެއް މެޗެއްގެ އެއް ހާފްގައި ފޯވާޑް ރޮމެލު ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު ޖަހައިފިއެވެ.

ލުކަކޫ ހަތަރު ލަނޑު ޖެހީ ޔޫރޯ ކޮލިފައިންގައި އާޒަރުބައިޖާންއާ ވާދަކުރި މެޗުގެ ފުރަތަމަ ހާފްގައެވެ. 5-0 ން ބެލްޖިއަމް މޮޅުވި މެޗުގެ ފުރަތަމަ ހަތަރު ލަނޑު ވެސް ޖެހީ ލުކަކޫ އެވެ. ބެލްޖިއަމް އަށް ބޮޑު މޮޅެއް ހޯދަން ފަސޭހަވީ އާޒަރު ބައިޖާނުން އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުމުންނެވެ. 17 ވަނަ މިނިޓްގައި ލުކަކޫ ބެލްޖިއަމް އަށް ލީޑް ނަގާދީފައި ވަނިކޮށް, އާޒަރުބައިޖާނުގެ އިސްރާފިލޯވް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކިއެވެ. ލުކަކޫ ހެޓްރިކެއް ހެދީ އޭގެ ފަހުންނެވެ. މިއީ އެއް މެޗެއްގައި ލުކަކޫ ގައުމީ ޓީމަށް ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ބެލްޖިއަމްގެ ފަހު ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ ޓްރޮސާޑް އެވެ.

Advertisement

މެޗުގައި ޖެހި ހަތަރު ލަނޑާއެކު 30 އަހަރުގެ ފޯވާޑް ލުކަކޫ ވަނީ ގައުމީ ޓީމަށް ކުޅުނު 113 މެޗުން 83 ގޯލް ޖަހާފައެވެ. މިއީ ގައުމީ ޓީމަށް ހަތް ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. 14 ލަނޑު ޖަހައިގެން, ޔޫރޯ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ވެސް ލުކަކޫ އަތުގައެވެ. ބެލްޖިއަމް ވަނީ ގްރޫޕް އެފް ގެ އެއްވަނަ ޓީމްގެ ގޮތުގައި އަންނަ އަހަރު ޖަރމަނީގައި އޮންނަ ޔޫރޯ އަށް ކޮލިފައިވެފަ އެވެ. ދެވަނާގައި އޮތް އޮސްޓްރިއާ އާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް