Advertisement
ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 16:50
ދިވެހި ޤައުމީ ދިދަ
ދިވެހި ޤައުމީ ދިދަ
ރައީސް އޮފީސް
ރައީސް އޮފީސް
ސަރުކާރުގެ މުއައްސަސާތަކުގައި 24 ގަޑިއިރަށް ގައުމީ ދިދަ ނަގާފައި ބަހައްޓާ ގޮތަށް ހަމަޖައްސަވައިފި
މިއީ ހުވާ ކުރެއްވުމަށްފަހު މުއިއްޒުގެ ފުރަތަމަ ނިންމެވުން
މިގޮތަށް އަމަލު ކުރަން ނިންމެވީ މިއަދުން ފެށިގެން

މިއަދުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައިވެސް އަލިއަޅުއްވާލެއްވިއެވެ.

Advertisement

އެގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެއާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމީ ދިދަ ސިފަކުރެއްވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށްފަހު ރައީސް މުއިއްޒު ނިންމެވި ފުރަތަމަ ނިންމެވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް