ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 11:10
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި- މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި- މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ޕޮލިސް
ޑްރަގް އެތެރެކުރުން
ހަށިގަނޑުގައި ފޮރުވައިގެން ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފި
 
މި މައްސަލައިގައި ފެނިފައިވާ ހެކިތަކަށް ތުހުމަތު ކުރެވޭ ފަރާތުންވެސް އިއުތިރާޒު ނުކުރޭ
 
އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތު

މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި 47 އަހަރުގެ ދިވެއްސަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2 ޑިސެމްބަރު 2023 ގައެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމަރުކުރީ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން އެކަށީގެންވާ ހެކިޤަރީނާ ހުށަހަޅައިފައިވުމުންނެވެެ. އެގޮތުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށް ސީޓީ ސްކޭނުން ދައްކާފައިވާއިރު، އޭނާ ބޮޑުކަމުދިޔައިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ބުލެޓު ބޭރުކޮށްފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1،3،4 އަދި 6 ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވުން ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ފެނިފައިވާ ހެކިތަކަށް ތުހުމަތު ކުރެވޭ ފަރާތުންވެސް އިއުތިރާޒު ނުކުރާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް