ކ. މާލެ
|
17 ނޮވެންބަރ 2023 | ހުކުރު 11:57
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ޑްރަގް ޓްރެފިކް ކުރުން
ޑްރަގް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށް
 
ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައި

ޑްރަގް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ކ. މާލެ / ހ. ހުދުހުދާމަންޒިލް މުހައްމަދު އަހްސަންގެ މައްޗަށެވެ.

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ހުކުމްގައި ބުނީ 1 މެއި 2021 ވަނަ ދުވަހު 18:43 ހާއިރު އަހްސަންއާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެގޭގެ ވާތް ފަރާތުން ފުރަތަމައަށް ހުރި ކޮޓަރި ބަލާ ފާސްކުރި ކަމަށެވެ.

އެ ކޮޓަރީގައި ހުރި އަލަމާރިމަތީގައި ހުރި ވަށިގަނޑެއްގެ ތެރެއިން ފެނުނު ދަޅުގެ މަތިގަނޑު ވަށައިގެން އިންސިއުލޭޝަން ޓޭޕް އަޅައިފައި ހުރި ފިލްމު ހުސްކުރި ދަޅުގައި 10 ގްރާމް ކެނެބިސް ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށާއި އެ ކޮޓަރީގެ ސީލިންގ މަތި ބަލާ ފާސްކުރިއިރު ކޮޓަރީގެ ސީލިންގުގައި ކަނޑާފައި ހުރި ބާގަނޑެއްގެ ތެރެއިން ފެނުނު ކަރުދާސް ފޮއްޓެއްގެ ތެރެއިން ފެނުނު ދަޅުގެ މަތިގަނޑު ވަށައިގެން އިންސިއުލޭޝަން ޓޭޕް އަޅައިފައި ހުރި 12 ފިލްމު ހުސްކުރި ދަޅުގައި 311 ގްރާމް ކެނެބިސް ހުރިކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ، އެ މައްސަލައާ ގުޅިގެން ނެގި ދަޅުގެ މަތިގަނޑު ވަށައިގެން ޓޭޕް އަޅާފައި ހުރި 12 ފިލްމް ހުސްކުރި ދަޅުން ނެގި ލޭޓަންޓް ޕްރިންޓާއި އަހްސަނުގެ ކަނާއަތު ބޮޑުވައި އިނގިލީގެ ނިޝާން އަދި ކަނާއަތު ކަށި އިނގިލީގެ ނިޝާނާ ދިމާވެފައިވާތީ އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލި ދައުލަތުން އުފުލި ކަމަށެވެ.

ކްރިމިނަލް ކޯޓުން ގާޒީ ސަފްއަތު ހަބީބު ނެރުއްވި ހުކުމްގައި ވަނީ އަހްސަންގެ މައްޗަށް ދައުލަތުން ކުރި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާ ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ޖުރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. ޖޫރިމަނާގެ ފައިސާ މި މަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަހުސަން ދެ އަހަރާއި 4 މަހާއި 10 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ޖީނާއި އިޖުރާއަތުގެ ޤާނޫނަށް ރިޔާއަތްކޮށް އަހްސަން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން، އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބީ 22 އަހަރާއި 7 މަހާއި 20 ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް