މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ޝައުގުވެރިވާ ކަމަށާއި އެކުލަބުގެ މިހާރުގެ ވެރިން ބަދަލުވާން ޖެހޭ ކަމަށް އެކުލަބުގެ ކުރީގެ ތަރި ޑޭވިޑް ބެކަމް ބުނެފި އެވެ.
އިނގިރޭސި ކުރީގެ ގައުމީ ކެޕްޓަން މިހެން ބުނީ އިންޑިޔާ އަށް އޭނާ ކުރަމުންދާ ދަތުރުގައި ނޫސްވެރިން ސުވާލު ކުރުމުންނެވެ.
ބެކަމް ބުނީ އޭނާ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ހަގީގީ އަދި ކުލަބަށް އަބަދުވެސް ރަނގަޅުގޮތް ވާން އެދޭ ސަޕޯޓަރެއް ކަމަށެވެ.
ޔަގީން. ކޮންމެ ދުވަހަކު ވެސް އަހަރެން މެންޗެސްޓާ ޔުނައިޓެޑަށް ޝައުގުވެރިވަން. މެނޭޖްމަންޓަށް ވަނުމަށް ވެސް މަސައްކަތް ކުރިންބެކަމް
އެމެރިކާގެ މޭޖަ ސޮކާ ލީގުގެ އިންޓަމިއާމީގެ އެއް ހިއްސާދާރު ބުނީ ކޯޗު ސާ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރުމާއެކު ޔުނައިޓެޑަށް ކާމިޔާބު ހޯދުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. އަދި އޭގެ ފަހުން އިނގިރޭސި ލީގު ކާމިޔާބުނުކުރެވި އެތައް އަހަރެއް ހޭދަވާއިރު އެކަންކަން ބަދަލުކުރަން އެހީތެރިވުމަށް އޭނާ ހުށަހެޅި ކަމަށެވެ.
ލީގު ހޯދި ދުވަހެއް ހަނދާނަކު ވެސް ނެތް. އަހަރެން ޔުނައިޓެޑަށް އެހީތެރިވާން ހުށަހެޅިން. ކުލަބުގެ ކަންކަމުގެ ތެރެއަށް ވަދެވެން އޮތީ ވަރަށް މަތިން އެކަންކަން ނިންމައިގެން. ޔުނައިޓެޑްގެ މިހާރުގެ ވެރިން ބަދަލުވާން ޖެހޭ. އަދި ކާމިޔާބު ހޯދުމަށް އެއް ކޯޗަކު ގިނަ ދުވަހު ބަހައްޓަންޖެހޭ. ފާގަސަންގެ ދުވަސްވަރު އަހަރުމެން ކުޅުނު ކުޅުން އެހުރީ ފެންނަން. އޭނާ އަށް ފަހު އެތައް ކޯޗުންނެއް ބަދަލުވެއްޖެބެކަމް
ބެކަމް އަކީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިންގެ ތެރެއިން ފުޓްބޯޅަ ހިންގުމުގައި އެންމެ ބޮޑަށް އުޅޭ އަދި އެއް މުއްސަނދި އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ.