ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 00:24
ރައީސް ޔާމީނާއި އަސޭލާ
ރައީސް ޔާމީނާއި އަސޭލާ
ރާއްޖެއެމްވީ
އަސޭލާ- ރައީސް ޔާމީން
ރައީސް ޔާމީން އިސްތިއުފާ ދެއްވާ، 2018 ކާމިޔާބެއް ނުވާނެ: އަސޭލާ
ރައީސް ކަމަކީ ރައީސް ޔާމީންއާ އެކަށީގެންވާ ކަމެއް ނޫން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިސްތިއުފާދެއްވުމަށް މަޝްހޫރު ސިހުރުވެރިޔާ އަސޭލާ ވިކްރަމަސިންހަ ގޮވާލައިފިއެވެ.

އޭނާ ކުރި ޓުވީޓްތަކެއްގައި ބުނެފައިވަނީ ވީ އެންމެ އަވަހަކާއި ރައީސް ޔާމީން މަޤާމުން އިސްތިއުފާ ދެއްވުމަށާއި ރައީސް ކަމަކީ ރައީސް ޔާމީންއާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންއަށް އެހެން ގޮތެއް ނެތްކަމަށެވެ.

އަސޭލާ ކުރި އެހެން ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ކޮބައިކަން ޙުދު އެމަނިކުފާނަށްވެސް އެނގިވަޑައިނުގަންނަވާކަމަށާއި އިތުރަށް ގޯސް ނުހައްވައި އިސްތިއުފާ ދެއްވުން މުހިންމު ކަމަށެވެ. 

އިތުރު ޓުވީޓެއްގައި އަސޭލާ ބުނެފައިވަނީ ދިވެހި ފުލުހުންނާއި ދިވެހި ސިފައިން އިދިކޮޅު ފަރާތްތަކަށް ދިވެހިރާއްޖެ ހިމާޔަތްކުރަން އެހީތެރިވާން ޖެހޭނެކަމަށާއި ރައީސް ޔާމީން 2018 ވަނަ އަހަރުގެ އިންތިޙާބުގައި ކާމިޔާބު ނުވާނެކަމަށާއި އަދި މުސްތަޤްބަލް ހަލާކުކޮށްލުމަށް ރައީސް ޔާމީންއަށް ފުރުސަތު ނުދެއްވުމަށެވެ. ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އޭނާ ހެދި ސިހުރުން ކަމަށް އަސޭލާ ބުނާއިރު، އެކަން ރައީސް ޔާމީން ދޮގުކުރައްވަ އެވެ. 

ރާއްޖޭގެ ސިޔާސީ ކަންތައްތަކުގައި ބަސް ބުނަން ބޭނުންނުވާކަމަށާއި އެހެންނަމަވެސް އޭނާ އަށް އެކަން ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް އަސޭލާ ބުންޏެވެ. ސަބަބަކީ ސަރުކާރަށާއި ރައީސް ޔާމީންއަށް މަސައްކަތްކޮށްދީފައި އޮތުން ކަމަށާއި އޭނާއަށް އަދިވެސް މަސައްކަތުގެ އުޖޫރަ ނުލިބޭތީ ކަމަށެވެ.

 

- ކޮމެންޓް
25 ޖުލައި 2017 | އަންގާރަ 15:28
ހަސަން
އަސޭލާ ގާތުގައި ބުނެބަލަ މިއީ ކަލޭގެ ނުވަތަ ކަލޭގެ އަމާގެ ނުވަތަ ބަފާގެ ޤައުމެއްހޭ. މި ޤައުމުގެ ކަންތަކާ ކަލެއާ ކޮން ބެހޭކަމެއްހޭ
25 ޖުލައި 2017 | އަންގާރަ 08:38
Basho
Asela raajjeyge verikamah annaane nama
25 ޖުލައި 2017 | އަންގާރަ 08:04
ހަސަނު
ރާއްޖެޓީވީމީހުންނަން އަސޭލާއަކީ ކަލާންގެފެންވަރުގެމީހަކައްވިރަސް އަހަރުމެންނަންއެއީ ހިންނެއްފަދަމީހެއް ވެރިކަމަކީ މަތިވެރިކަލާންގެދެއްވާކަމެއް އަސޭލާއައްވެރިކަމެން ނުދެވޭނެ އޭނާއަކަންނޭގޭނެ ވެރިކަމަންދެންއަންނާނެމީހެއް
25 ޖުލައި 2017 | އަންގާރަ 02:20
kalo
keekurantho isthiufaa dhevvanvee. aseylaa dhin verikameh aseylaa ah athuleveyne noontho.. aseylaa ah ingeybaa aseylaa ah thikiyey ehche... thikahala gamaaru tweet nukurey sihuru bro.. dhen aseylaa kiyaa meehaku yameen isthiufaa dheyn bunaa ira isthiufaa dheynveetha.. thidhen kaaku ry isthiufaaha govan..