Advertisement
ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 15:19
ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ޢައްޔަނުކުރެއްވުން
ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ޢައްޔަނުކުރެއްވުން
ރައީސް އޮފީސް
ޖޭއެސްސީ މެންބަރަކު އައްޔަން ކުރެއްވުން
ޖޭއެސްސީގެ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރައްވައިފި
ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން، އަސްލަމަށް ހަވާލުކުރައްވާފަވޭ

ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު އަސްލަމް ޢައްޔަނުކުރައްވައިފިއެވެ.

ޖޭއެސްސީ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މުޙައްމަދު އަސްލަމް ޢައްޔަނުކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.

އަސްލަމަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން، މުޙައްމަދު އަސްލަމަށް ވަނީ ޙަވާލުކުރައްވައިފައެވެ.

Advertisement

ޖޭއެސްސީ މެންބަރުކަމަށް އަސްލަމް ޢައްޔަނުކުރައްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވަނީ އައްޔަން ކުރައްވާފައެވެ.

އަސްލަމް މި މަގާމަށް އައްޔަންކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާއަށް ހާޒިވެވަޑައިގެން ވޯޓުދެއްވި 76 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަަމަށް އަސްލަމް އައްޔަންކުރައްވާފައި މިވަނީ އެމަގާމުގައި ހުންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، މުޙައްމަދު ނަޝީދު ހޯމަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައި އެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް