ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 13:01
އެމްއައިބީގެ މުވައްޒަފުންނަށް ހިންގި ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމުގެ ތެރެއިން
އެމްއައިބީގެ މުވައްޒަފުންނަށް ހިންގި ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމުގެ ތެރެއިން
އެމްއެންޑީއެފް
ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމު
އެމްއައިބީގެ މުވައްޒަފުންނަށް ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
 
ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރއަށް ނިސްބަތްވާ ސިފައިން

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ސީޕީއާރު/އޭއީޑީ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރއާއި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ނޮވެމްބަރު 12 ވަނަ ދުވަހު ހިންގި މި ރިފްރެޝަރ ޕްރޮގްރާމަކީ މީގެ 2 އަަހަރު ކުރިން އެމްއެންޑީއެފް މެޑިކަލް ކޯރއިން އެމްއައިބީގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ސީޕީއާރު/އޭއީޑީ ކޯހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ކުރިން މި ކޯސް ފުރިހަކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ރިފްރެޝަރ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ވަނީ ސީޕީއާރު/އޭއީޑީ ސެޓިފިކޭޝަން ކާޑުގެ ރިނިއުވަލްއެއް ލިބިގެންގޮސްފައެވެ. 

މޯލްޑިވްސް އިސްލާމިކް ބޭންކުގެ 17 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރއަށް ނިސްބަތްވާ ސިފައިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް