ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 05:48
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން
މިހާރު
ބާ ކައުންސިލް
ބިންވެރިޔާ ސްކީމުގެ ބިންތަކާ ހަވާލުވާން ހުށަހަޅާ ލިޔުންތައް އޮންލައިންކޮށް ނޯޓަރައިޒް ނުކުރަން އެދިއްޖެ
ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކުން ލިޔެކިޔުންތައް ނޯޓަރައިޒްކުރުމުގައި އެ ޤައުމެއްގެ ޕަބްލިކް ނޯޓަރީގެ ޚިދުމަތް ހޯދުމަށް އޮންނަ އުސޫލުގެ ދަށުން އަމަލުކުރުމަށް އިލްތިމާސްކުރޭ
އޮންލައިންކޮށް ޕަބްލިކް ނޯޓަރީގެ ޚިދުމަތް ދެވޭނީ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރަމުންދާ އުސޫލުގެ ދަށުން ބިންތަކާ ހަވާލުވުމަށް ހުށަހަޅާ ލިޔުންތައް އޮންލައިންކޮށް ނޯޓަރައިޒްނުކުރަން ބާ ކައުންސިލުން އެދިއްޖެއެވެ.

ބާ ކައުންސިލުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ޕަބްލިކް ނޯޓަރީންގެ ގޮތުގައި މަސައްކަތް ކުރާ ބައެއް ގާނޫނީ ވަކީލުން ރާއްޖޭން ބޭރުގައި ދިއިރުޅޭ ފަރާތްތަކުގެ ލިޔެކިޔުންތައް އޮންލައިންކޮށް ނޯޓަރައިޒްކުރަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިއީ ލިޔުންތައް ނޯޓަރައިޒް ކުރުމުގައި "ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދު" އާ ޚިލާފު ކަމެއް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ލިޔުމެއްގައި ސޮއި ކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރުކޮށްދިނުމަށްޓަކައި ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއި ކުރަން ވާނީ ނޯޓަރައިޒްކޮށްދޭ ވަކީލުގެ ހާޒިރުގައެވެ. އަދި އޮންލައިންކޮށް ޕަބްލިކް ނޯޓަރީގެ ޚިދުމަތް ދެވޭނީ ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ދަތުރުފަތުރު ކުރުން މަނާ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ޚިދުމަތަށް އެދޭ ފަރާތަކީ ވަކީލާ ބައްދަލުވެވެން ނެތް ހާއްސަ ހާލަތެއްގައި އެކަނި ކަން ވެސް ބާ ކައުންސިލުން ވަނީ ހަދުމަކޮށްދީފައެވެ.

ބާ ކައުންސިލުން ބުނީ މި މައްސަލައަކީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްްކަތްކުރުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ މައްސަލައެއް ކަމަށެވެ. އަދި މިއީ ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލައަކަށްވާތީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ޚިދުމަތް ދިނުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އެކި ބޭނުންތަކަށް ލިޔެކިޔުންތައް ނޯޓަރައިޒްކުރުމުގައި އެ ޤައުމެއްގެ ޕަބްލިކް ނޯޓަރީގެ ޚިދުމަތް ހޯދުމަށް އޮންނަ އުސޫލުގެ ދަށުން އަމަލުކުރުމަށް ވެސް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް