Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 22:05
މެންބަރު އިބޫ މަޖިލީސް ކައިރިއަށް ވެއްޓިފައި
މެންބަރު އިބޫ މަޖިލީސް ކައިރިއަށް ވެއްޓިފައި
ރާއްޖެ އެމްވީ
އެޗްއާރްސީއެމްގެ ބަޔާން
ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ކަންކަން ހިނގާތީ ކަންބޮޑުވަން: އެޗްއާރްސީއެމް
ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވަނީ ގޮވާލައްވާފަ
މިހާރު ހިނގަމުންދާ ކަންކަން އެ ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާނެ
ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ކަންކަން ހިނގާތީ ކަންބޮޑުވަން

ރައްޔިތުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެފަދަގޮތަކަށް ކަންކަން ހިނގުމަށް މެދުވެރިވަމުންދިއުމަކީ އެ ކޮމިޝަނުން އިހްތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފަދަ އިސްލާމީ އަދި ދިމިކްރާތީ ނިޒާމެއް ގާއިމްކުރެވިފައިއޮތް މުޖުތަމައުއެއްގައި އެ ނިޒާމް ދެމެހެއްޓުމަށް ގާނޫނު އަސާސީއިން މަތިކޮށްފައިވާ މުއައްސަސާތަކުގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށް ރައްޔިތުންނަށް ދޭހަވާނެ ފަދަ ގޮތަކަށް މައުލޫމާތު މެދުވެރިވަމުން ދިއުމަކީ އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިފަދަ ދަނޑިވަޅުތަކުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މުޖުތަމައުގެ ފަރާތްތަކުން، ނުހިންގުމަށް އެޗްއާރްސީއެމްއިން ވަނީ އިސްލތިމާސްކޮށްފަ އެވެ.

މިހާރު ހިނގަމުންދާ ކަންކަން ކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ އެންމެހާއި ކަންކަން ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް