ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 11:12
ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން
ލީގުގައި އަލް އިއްތިފާގުން ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
އަލް ފެއިހާ އަތުން ވެސް އަލް އިއްތިފާގަށް މޮޅު ނުވެވުނު
 
ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗު ވެސް އަލް އިއްތިފާގުން ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހި

ސައުދީ ޕްރޯ ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން އަލް އިއްތިފާގު އެއްވަރުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. އެ މެޗުގެ ކުރިން ލީގުގައި އަލް ރައީދާ ދެކޮޅަށް ކުޅުނު މެޗު ވެސް އަލް އިއްތިފާގުން ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހި އެވެ.

އިންގްލެންޑު އަދި ލިވަޕޫލްގެ ކުރީގެ މީޑްފީލްޑަރު ސްޓީވެން ޖެރާޑު އިރުޝާދު ދެމުން އަންނަ އަލް އިއްތިފާގުން ވަނީ އަލް ފެއިހާ ކޮޅަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އަނެއްކޮޅުން އެ ޓީމުގެ ފޯވާޑު ރޮބިން ޤައިސަން އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އަލް ފެއިހާ އިން ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައި ވަނީ، ވަކޭމޭ އަށެވެ.

މިއީ މި ސީޒަންގެ ލީގުގައި އަލް އިއްތިފާގުން ކުޅުނު 13 ވަނަ މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަ މެޗުންނެވެ. ހަތަރު މެޗެއް އެއްވަރުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެ ޓީމު އޮތީ ވެސް ލީގު ތާވަލްގެ ހަތް ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް