ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 22:12
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ސްކޭމުގެ މައްސަލަތައް
އެންމެ ދެ ހަފުތާއިން ސްކޭމުގެ 65 މައްސަލައަކުން، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިއްޖެ
 
އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ސޯޝަލް މީޑިޔާގެ އެކައުންޓްތައް ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތައް
 
ސްކޭމު މެސެޖުތަކާއި ފޯނުކޯލުތަކަށް ސަމާލުވާން ފުލުހުން އެދޭ

މިދިޔަ ދެ ހަފުތާގެ ތެރޭގައި ހިންގި 65 ސްކޭމުގެ މައްސަލަތަކުން 533،000 ރުފިޔާ އެކިއެކި މީސްމީހުންގެ އަތުން ފޭރިއްޖެ އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކުން އިނގޭ ގޮތުން، ސްކޭމުގެ މައްސަލަތަކުގެ ތެރެއިން ނިމިދިޔަ ދެ ހަފުތާގެ ތެރޭގައި ވެސް އެންމެ ގިނަ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ ސޯޝަލް މީޑިޔާގެ އެކައުންޓްތައް ހެކްކޮށްގެން ހިންގާފައިވާ ސްކޭމްތަކެވެ.

އެގޮތުން އޭގެ 15 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ އިތުރުން އޮޅުވާލައިގެން މުދާ ނަގައި ފައިސާ ނުދިނުމުގެ މައްސަލަތަކާއި، އެކި ލިންކްތައް ބޭނުންކޮށްގެން ހެކް ކޮށްފައިވާ މައްސަލަތަކާއި، އޯޓީޕީ ކޯޑު ހޯދައިގެން ހިންގި ސްކޭމްތަކުގެ އިތުރުން ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތައް ވެސް ހިމެނެ އެވެ.

އަދި ތަކެތި ވިއްކާ ކަމަށް ބުނެ ފައިސާ އަތުލުމަށް ފަހު މުދާ ނުދިނުމުގެ މައްސަލަތަކާއި، އޮޅުވާލައިގެން ފައިސާ ހޯދުމާއި އަދި ފޭކް ޓްރާންސްފާ ސްލިޕް ފޮނުވުމުގެ މައްސަލަތައް ހިމެނެ އެވެ.

ސްކޭމުގެ އެކި ބާވަތުގެ މައްސަލަތައް ފެންމަތިވާއިރު، އޮޅުވާލައިގެން ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ފޯނު ކޯލުތަކަށް ސަމާލުވެ، އެފަދަ މެސެޖުތަކާއި ކޯލުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ، ވީހާވެސް އަވަހަކަށް ފުލުހަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން