ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 12:04
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އުފާ ފާޅުކުރަނީ
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
މޮޅާއެކު އަލް ނަސްރު ދެ ވަނައިގައި
ސީޒަންގެ ކުރީ ކޮޅު އަލް ނަސްރުގެ ނަތީޖާތައް ދަށްވި ނަމަވެސް، މިހާރު އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުން

ސައުދީ ޕްރޯ ލީގުގައި އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަސްރުން ލީގު ތާވަލްގެ ދެ ވަނައިގައި ދެމިއޮވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އަލް ނަސްރަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަލް ނަސްރަށް ބަދަލުވެ މޮޅަށް ކުޅެމުން އަންނަ ރޮނާލްޑޯ ލަނޑު ޖެހީ 26 ވަނަ މިނެޓުގަ އެވެ. މިހާތަަނަށް ރޮނާލްޑޯ ވަނީ އަލް ނަސްރަށް ކުޅެދިން 41 މެޗުން 35 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގެ 22 މެޗުން ރޮނާާލްޑޯ ވަނީ 21 ލަނޑު ޖަހައިފަ އެވެ. މެޗުގައި އަލް ނަސްރުގެ ދެ ވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖެހީ މެންޗެސްޓަރ ސިޓީ ދޫކޮށް އެ ޓީމަށް ބަދަލުވި އައިމެރިކް ލަޕޯޓް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރޮނާލްޑޯ އެވެ.

ސީޒަންގެ ކުރީ ކޮޅު އަލް ނަސްރުގެ ނަތީޖާތައް ދަށްވި ނަމަވެސް، މިހާރު އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ކުޅުނު 12 މެޗުން 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އަލް ޙިލާލް އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 32 ޕޮއިންޓާއެކު އެވެ.

- ކޮމެންޓް