ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 14:49
ޕޮޗެޓީނޯ
ޕޮޗެޓީނޯ
ޓްވިޓަރ
ޓޮޓެންހަމް
އަލުން ޓޮޓެންހަމްގެ ދަނޑަށް ދެވުމަކީ ވަރަށްބޮޑު އުފަލެއް: ޕޮޗެޓީނޯ
ވާދަވެރި މެޗަކަށްވުމުން ގާޑް އޮފް އޮނާއެއް ނާރުވާނެ

އަލުން އޭނާގެ ކުރީގެ ކުލަބު ޓޮޓެންހަމުގެ ދަނޑަށް ދެވޭތީވެ ވަރަށް އުފަލުން ހުރި ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރާއިރު ޕޮޗެޓީނޯ ވަނީ ޓޮޓެންހަމުގައި ފަސް އަހަރު ކޯޗެއްގެ ގޮތުން މަސައްކަތް ކޮށްފަ އެވެ.

"އަހަރުމެންނަކީ ޕްރޮފެޝަނަލް މީހުން. ހަމައެފަދައިން އަހަރުމެންނަކީ އިންސާނުން. އަހަރެން ދޮގު ހަދާކަށް ނެތިން. އަލުން އެ ދަނޑަށް ދެވޭތީވެ އަހަރެން މިހުރީ އުފަލުން. އެއީ ވަރަށް ގިނަ ހަނދާންތަކެއް އެކުލަބާއެކުގައިވާތީވެ. އަހަރެން ހުރިއިރު ވެސް މަސައްކަތް ކުރި ވަރަށް ގިނަ މީހުން މިހާރު އެކުލަބުގައި އެބަތިބި. އެމީހުންނާ ބައްދަލުވާނެ،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ އަދި ބުނީ މަގްސަދަކީ މެޗުން ޗެލްސީ މޮޅުކޮށްދިނުން ކަމަށާއި ނަމަވެސް ޓޮޓެންހަމަކީ އޭނާގެހިތުގައި އަބަދުވެސް ހާއްސަ ކުލަބެއް ކަމަށެވެ.

ޕޮޗެޓީނޯ ވަނީ އޭނާގެ ކޯޗުކަމުގައި ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީ ގަވާއިދުން ގަދަ ހަތަރެއްގައި ހިމެނޭ ކުލަބަކަށް ހަދައިދީފަ އެވެ. އޭގެ ފަހުން ޓޮޓެންހަމާ ހަވާލުވި ކޯޗުންނަށް މިކަން ނުކުރެވި، ޓީމު މިވަގުތު ތާވަލުގެ އެއްވަނާގައިވަނީ މި ސީޒަނުގައި ޓީމާ ހަވާލުވި އެންޖޭ ޕޮސްޓެޗެގްލޫގެ ކޯޗުކަމުގަ އެވެ.

އޭނާ ބުނީ ޕޮޗެޓީނޯ އަށް ޓޮޓެންހަމުގެ ސަޕޯޓަރުން އިހްތިރާމް ކުރާނެ ކަމަށާއި ނަމަވެސް މިއީ ވާދަވެރި މެޗަކަށްވުމުން ގާޑް އޮފް އޮނާއެއް ނާރުވާނެ ކަމަށެވެ.

- ކޮމެންޓް