ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތަކަށް ލަސްތަކެއް އައިސްފިއެވެ.
އެމްއޭސީއެލްއިން ބުނީ، ރާއްޖެއިން ފުރާ އަދި ރާއްޖެއަށް އަންނަ ފަސިންޖަރުންގެ މަސައްކަތްތައް ކުރިއަށްގެންދާ ކައުންޓަރުތަކުގައި ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ.
އެކަމުގެ ސަބަބުން ޚިދުމަތްތަކަށް ލަސްތަކެއް އައުން އެކަށީގެންވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
އަދި މި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.