ކ. މާލެ
|
4 ނޮވެންބަރ 2023 | ހޮނިހިރު 11:23
އެފްސީ ބާސެލޯނާގެ ހެޑްކުއާޓާ
އެފްސީ ބާސެލޯނާގެ ހެޑްކުއާޓާ
ޓްވީޓަރ
ބާސެލޯނާ
ފަައިނޭންޝަލް ފެއާ ޕްލޭގެ އުސޫލާ ހިލާފުވި މައްސަލައިގެ އިސްތިއުނާފު ބާސެލޯނާ އަށް ނާކާމިޔާބު ވެއްޖެ
އެފްއެފްޕީގެ ޤަވާއިދާ ޚިލާފުވެގެން ބާސެލޯނާ ވަނީ ފަސް ލައްކަ ޔޫރޯ (ފަސް ލައްކަ ތިރީސް ހަ ހާސް ޑޮލަރު) އިން ޖޫރިމަނާ ކޮށްފައި

ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ޤަވާއިދާ ޚިލާފުވެގެން ސްޕެއިންގެ ބާސެލޯނާ ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން އެ ކުލަބުން ކުރި އިސްތިއުނާފު ނާކާމިޔާބު ވެއްޖެ އެވެ.

އެފްއެފްޕީގެ ޤަވާއިދާ ޚިލާފުވެގެން ބާސެލޯނާ ވަނީ ފަސް ލައްކަ ޔޫރޯ (ފަސް ލައްކަ ތިރީސް ހަ ހާސް ޑޮލަރު) އިން ޖޫރިމަނާ ކޮށްފަ އެވެ. އެ ކުލަބުން ވަނީ އެ މައްސަލަ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ) ގައި އިސްތިއުނާފު ކޮށްފަ އެވެ. ނަމަވެސް ހުކުރު ދުވަހު ޔުއެފާ އިން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

މައްސަލަ ބޭރުކޮށްލުމަށްފަހު ޔުއެފާގެ ކުލަބުތަކުގެ ފައިނޭންޝަލް ކޮންޓްރޯލް އިން ބުނީ، ބާސެލޯނާ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރީ 2022 ވަނަ އަހަރު ޤަވާއިދާ ޚިލާފަށް ކޮށްފައިވާ ޚަރަދުތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ކުޅުންތެރިންގެ ޓްރާންސްފާ ފިޔަވައި، ބައެއް ޚަރަދުތައް އޮޅުވާލާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔުއެފާއާ އެކު ސެޓްލްމެންޓްތަކެއް ހެދުމަށް އެއްބަސްވި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، އޭސީ މިލާން އަދި އިންޓަ މިލާން ފަދަ ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން ވަނީ، 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާސިލްކޮށްފަ އެވެ.

- ކޮމެންޓް