ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 12:42
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ފަލަސްތީނާއެކު ކަނބަލުން
ކަނބަލުންގެ ހިނގާލުން މާދަމާ، ފަލަސްތީނާއެކު ތިބިކަން ހާމަކުރުމަށް ބައިވެރިވޭ
 
ހިނގާލުން ހުކުރު ދުވަހު ކުރިއަށްދާނީ 15:45ން 17:45 އަށް ރަސްފަންނުން ފެށިގެން

ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން "ކަނބަލުންގެ ހިނގާލުން" ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ހިނގާލުމަކީ އިސްރާ އެސޯސިއޭޝަނުން މަހަލްދީބު ޖަމިއްޔާ އާއި ކޭކް ޑޯނާސްގެ އިތުރުން ރައިޓް މޫވްމަންޓްސާއި މަމްސް އެއިޑާއި ގުޅިގެން ބާއްވާ ހިނގާލުމެކެވެ.

އަންހެން ކަނބަލުންނަށް ޚާއްސަ މި ހިނގާލުން ހުކުރު ދުވަހު ކުރިއަށްދާނީ 15:45ން 17:45ށް ރަސްފަންނުން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށެވެ.

މި ހިނގާލުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްރާ އެސޯސިއޭޝަންގެ ފަރާތުން މަރިޔަމް ޖަލީލު ވިދާޅުވީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނާއި ރައްޔިތުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ބަލަން ކެތްނުވާ ކަމަށާއި މި ހިނގާލުމަކީ މަތިވެރި މަޤްސަދެއްގައި ކުރާ ކަމެއް ކަމަށެވެ. މި ހިނގާލުމަށް އަންނައިރު ފަލަސްތީނު ތަމްސީލުވާ ފަދަ ކޮންމެވެސް ލިޔުމެއް ނުވަތަ ދިދައެއް ނުވަތަ ފޮތިކޮޅެއް ގެންގުޅުމަށް ވަނީ އެދިފައެވެ.

ކޭކް ޑޯނާސްގެ ފަރާތުން އައިޝަތު ޝެރީން ބުނީ އިސްރާއީލުން ފަލަސްތީނުގެ އާންމުން މަރަމުންދާ ދިޔުމަކީ މިއީ ނަސްލެއް ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އެ މަންޒަރު ބަލަން ހިތަށް އުނދަގޫވާ ކަމަށެވެ.

މިހާރު ޖިހާދު ކުރެވެން އޮތް ހަތިޔާރަކީ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ކަމަށާއި ހުރިހާ އަންހެން ކަނބަލުން ނުކުމެ އަޑުއުފުލުމުގައި ބައިވެރިވުމަށް ވަނީ އެދިފައެވެ. އަދި ފަލަސްތީނާއެކު ތިބިކަން ދެއްކުން މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.

އިސްރާ އެސޯސިއޭޝަނުން ބުނީ ފަލަސްތީނުގައި މުސްލިމުންތައް ކަތިލަމުންދާއިރު އެމީހުންގެ ދިފާއުގައި ބަސްނުބުނެ ތިބުމަކީ އެމީހުންނަށް ދެވޭ އަނިޔާއެއް ކަަމަށް ވެސް ބުންޏެވެ.

ހުރިހާ ކަނބަލުން ވެސް އަތުގުޅައިގެން މި އަޑު އިއްވަން އެބަޖެހޭ، މި މަންޒަރު ދައްކަން އެބަޖެހޭ، ޔޫއެންއަށް އިޒްރާއީލަށް އެބަ ދައްކަންޖެހޭ، އަޅުގަނޑުމެންގެ ޤައުމު ކިތަންމެ ކުޑަކަމުގައިވީނަމަވެސް އަޅުގަނޑުމެން ބަލައި ނުގަންނާނެކަން، އެ އަނިޔާ އަކީ އަޅުގަނޑުމެން ތަހައްމަލުކޮށް، ބަލަން ބޭނުންވާ މަންޒަރުތައް ނޫންކަން
އިސްރާ އެސޯސިއޭޝަން

ދުރުގައި ތިބި ނަމަވެސް، އަދަދު މަދުވިނަމަވެސް މަސައްކަތް ކުރަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އަޑު އުފުލުމަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް