ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 07:24
ވިސާ ހަމަވުމުން ވެސް ޤައުމަށް ނުގޮސް އުޅޭ ޗައިނާ ފަތުރުވެރިޔާ މާފަންނު ޕޮލިސް ސްޓޭޝަނުގައި
ވިސާ ހަމަވުމުން ވެސް ޤައުމަށް ނުގޮސް އުޅޭ ޗައިނާ ފަތުރުވެރިޔާ މާފަންނު ޕޮލިސް ސްޓޭޝަނުގައި
އެމްވީކްރައިސިސް
އިމިގްރޭޝަން
އެއަރޕޯޓަށް ކުޅުޖަހައި އާއްމުންނަށް އުނދަގޫކުރި ޗައިނާ މީހާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
ވިސާ ހަމަވުމުން ވެސް ޗައިނާ މީހާ އެނބުރި ޤައުމަށް ނުދިޔަ
މާފަންނު ޕޮލިސް ސްޓޭޝަނުގައި ނިދައި، އާންމުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ހުރުމުން ފުލުހުންވެސް ވަނީ އޭނާއަށް ނަސޭހަތްތެރި ވެފައި

އެއާޕޯޓަށް ކުޅުޖަހައި، އާއްމުންނަށް އުނދަގޫކުރި ޗައިނާ ފަތުރުވެރިޔާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ އަންހެން މީހާ އެއަރޕޯޓުގެ ވެއިޓިންގ އޭރިއާގައި ނިދައި އެތަނުގައި އުޅޭ އާއްމުންނަށް އުނދަގޫވާގޮތަށް އުޅުމުން ފުލުހުން ވަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ ދުވަހު ޗައިނާއަށް ދިއުމަށް ޗެކިންވެ، އިމިގްރޭޝަން ކްލިއަރެންސް ނިމުމަށްފަހު ފްލައިޓަށް އެރުމަށް އޭނާ ވަނީ ދެކޮޅު ހަދައި، ފްލައިޓުން ވަނީ އޮފްލޯޑު ކޮށްފައެވެ.

އިމިގްރޭޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޭނާއަށް ދޫކޮށްފައިވާ ޓޫރިސްޓު ވިސާގެ މުއްދަތު ހަމަވުމުން ވެސް ރާއްޖެއިން ފުރާފައިނުވާ ކަމަށާއި އިމިގްރޭޝަނުގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ ހާއްސަ އިންތިޒާމު އަދި ހަމަޖެހިފައި ނުވާތީ، ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރުމަށް އެ ބިދޭސީ މީހާއަށް އެންގި ކަމަށެވެ. ނަމަވެސް އޭނާ މިކަމަށް އެއްބާރުލުންދީފައި ނުވާތީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު އޭނާގެ އާއިލާއާއި ގުޅިގެން އޭނާ ފުރުވާލުމުގެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް މިހާރު ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ މީގެ ކުރިންވެސް އިމިގްރޭޝަނާ ހަވާލުކުރިއެވެ. އެ އިދާރާއިން އޭނާ ސަވެރިލެންސްގެ މަތިން ދޫކޮށްލިއެވެ. ނަމަވެސް އޭގެ ފަހުން މާފަންނު ޕޮލިސް ސްޓޭޝަނުގައި ނިދައި، އާއްމުންނަށް އުނދަގޫވާ ގޮތަށް އަމަލުތައް ހުރުމުން ފުލުހުންވެސް ވަނީ އޭނާއަށް ނަސޭހަތްތެރި ވެފައިވެއެވެ.

އޭނާ ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ވެސް އޭނާގެ އަމަލުތައް އާއްމުންނަށް އުނދަގޫވާ ގޮތަށް ހުރުމުން ހާއްސަ އިންތިޒާމެއްގެ ދަށުން 30 އޮކްޓޯބަރުން ފެށިގެން އޭނާ ފުރުވާލުމާ ހަމައަށް ޑިޓެންޝަން ފެސިލިޓީގައި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

- ކޮމެންޓް