އުރުދުންގައި ހުންނަ އިޒްރޭލްގެ އެމްބަސީއަށް ހަމަލާދިނުމާއި ގުޅިގެން އެމްބަސީ ބަންދުކޮށްފިއެވެ.
އުރުދުންގެ މީޑިޔާތަކުން ބުނާ ގޮތުގައި މިހަމަލާތަކުގައި ދެ މީހަކު މަރުވެފައިވެއެވެ. އެމްބަސީ ހުންނަ ސަރަހައްދު މިހާރު ވަނީ ސަލާމަތީ ފަރާތްތަކުން ބަންދުކޮށްފައެވެ.
މިހަމަލާއާއި ބެހޭ ގޮތުން އިޒްރޭލުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމްބަސީގެ މުއައްޒަފުން އެެހެން ސަރަހައްދުތަކަށް ގެންދަމުންދާކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އުރުދުންގެ މީޑިޔާތަކުން ބުނާ ގޮތުގައި ހަމަލާގައި މަރުވެފައިވަނީ އުރުދުންގެ ރައްޔިތަކާއި އިޒްރޭލުގެ ރައްޔިތެއް ކަމަށެވެ.